10 ވަނަ އަހަރީ ދުވަހާ ދިމާކޮށް ވެލިގާއިން ހާއްސަ ޕްރޮމޯޝަނެއް

ވެލިގާ ހާޑްވެއާގެ ފިހާރައެއް -- ސަން ފައިލް ފޮޓޯ

ވެލިގާ ހާޑްވެއާ އަށް 10 އަހަރުވުން ފާހަގަކުރުމަށް "ދިހައެއްވީ ޕްރޮމޯޝަން"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވެލިގާ ހާޑްވެއާ އަށް 10 އަހަރު ފުރުމާ ގުޅިގެން ކުރިޔަށްގެންދިއުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރެއިން ފުރަތަމަ ހަރަކާތެއްގެ ގޮތުގައި ގެންދާ އެ ޕްރޮމޯޝަންގައި 100،000 ރުފިޔާގެ އަގުހުރި އިނާމާއި ތަފާތު ޕްރޮޑަކްޓްތަކުން 25 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ކަނޑައެޅިފައިވާ ކަމަށް ވެލިގާހާޑްވެއާ އިން ބުންޏެވެ.

އެ ހާޑްވެއާ އިން ބުނީ، ޕްރޮމޯޝަންގައި ވެލިގާ ހާޑްވެއާގެ ކޮންމެ ފިހާރައަކުން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ. އަދި އޭގެ އިތުރުން ކުރާ ކޮންމެ 100 ރުފިޔާގެ ވިޔަފާރިއަކަށް އިތުރު ކޫޕަނެއް ލިބޭނެ ކަމަށް ވެސް އެ ހާޑްވެއާ އިން ބުންޏެވެ.

ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފްތާއަކު ކޮންމެ ފިހާރައަކުން ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް 2،000 ރުފިޔާގެ އަގުހުރި ވައުޗަރެއް ލިބޭނެ ކަމަށާއި މުޅި ޕްރޮމޯޝަންގެ ހުރިހާ ބައިވެރިންގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެ ހާޑްވެއާ އިން ބުންޏެވެ.

މުޅި ޕްރޮމޯޝަންގެ ނަސީބުވެރިންގެ ތެރެއިން، އެއް ވަނަ ފަރާތަކަށް 25,000 ރުފިޔާގެ ވައުޗާއެއް، ދެ ވަނަ ފަރާތަކަށް 10,000 ރުފިޔާގެ ވައުޗާއެއް އަދި ތިން ވަނަ ފަރާތަކަށް 5,000 ރުފިޔާގެ ވައުޗާއެއް ހުށައެޅިފައިވާ ކަމަށް ވެލިގާ ހާދްވެއާއިން ބުންޏެވެ.

ކޮންމެ ފަރާތްތަކަށް ވެސް އެ ވައުޗާ ބޭނުން ކޮށްގެން ވެލިގާ ވެލިގާހާޑުވެއާގެ ހުރިހާ ފިހާރައަކުން އަދި އެންމެ ފަހުން ވެލިގާއިން ހުޅުވި ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ސާމާނު ވިއްކުމަށް ހާއްސަ ބްލަންކް އިން ވެސް ވައުޗާގެ އަދަދަށް ތަކެތި ގަނެވޭނެ ކަމަށް ވެލިގާހާޑްވެއާއިން ބުންޏެވެ.

ދެހާސް އަށް ވަނަ އަހަރުން ފެށިގެން ހާޑްވެއާގެ ވިޔަފާރި ކުރަމުން އަންނަ ވެލިގާ ހާޑްވެއާގެ ހިދުމަތަށް 10 އަހަރު ފުރިފައިވާ އިރު، ވެލިގާ އަކީ މިހާރު ރާއްޖޭގެ ހާޑްވެއާ ވިޔަފާރިގެ މަތީފަންތީގައި ގުނާލެވޭ، އަދި ދުނިޔޭގެ މަޝްހޫރު އެތަށް ބްރޭންޑްތަކެއްގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް މަސައްކަތްތެރިންނާ ހަމައަށް ފޯރުކޮއްދެމުން އަންނަ ކުންފުންޏެކެވެ. އެ ގޮތުން ފާހަގަ ކޮށްލެވޭ ބްރޭންޑުތަކުގެ ތެރޭގައި ސެލީސް، މެޓާބޯ، ނިޕެކްސް، ވެރާ، ވީއާރުއެޗް، މެޑްކާ ފަދަ ބްރޭންޑްތައް ހިމެނެ އެވެ. ފާއިތުވެ ދިޔަ އަހަރު ތަކުގެތެރޭގައި ވެލިގާ ހާޑްވެއާ އިން ދެމުންއައި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ވީހައިވެސް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މާލެ، ހުޅުމާލެ އެކުލެވޭ ގޮތަށް މިހާތަނަށް ވަނީ ފަސް ފިހާރައެއް ހުޅުވައިފަ އެވެ. އަދި އޭގެ އިތުރުން ފާހާނާ އާއި ގޭތެރެ ޑިޒައިން ކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ސާމާނު އެއްތަނަކުން ފޯރުކޮށްދިނުމުގެ ބޭނުމުގައި 05 އޭޕްރީލްގައި ވަނީ ހާއްސަ ފިހާރައެއް "ބްލަންކް"ގެ ނަމުގައި ޖަނަވަރީ މަގުގައި ހުޅުވާފަ އެވެ.

comment ކޮމެންޓް