ޔުނައިޓެޑުން ފަހަތުން އަރައި ސިޓީ ބަލިކޮށްފި

މެންޗެސްޓާ ޑާބީގައި ރޭ ޔުނައިޓެޑާއި ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ފަހަތުން އަރައި މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.

ރޭ ކުޅުނު "މެންޗެސްޓާ ޑާބީ" މެޗު ސިޓީން ކާމިޔާބުކުރީ 3-2ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ސިޓީން ދެ ގޯލްގެ ލީޑެއް ނެގި ނަމަވެސް، ފަހު ހާފްގައި ޔުނައިޓެޑުން ވަނީ ތިން ގޯލް ޖަހައި މެޗުގެ ނަތީޖާ އަނބުރާލައިފައެވެ. ރޭގެ މެޗުން މޮޅުވެ ސިޓީއަށް ލީގު ކަށަވަރުކުރުމުގެ ފުރުސަތު އޮތެވެ. ލީގުގައި ބާކީ ހަ މެޗު އޮތް އިރު، ލީގު ޔަގީން ކުރުމަށް ސިޓީން ބޭނުން ވަނީ އެންމެ ތިން ޕޮއިންޓެވެ.

މެންޗެސްޓާ ޑާބީގައި ރޭ ޔުނައިޓެޑާއި ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މިދިޔަ ހަފްތާގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ލިވަޕޫލް އަތުން ބަލިވެ، ސިޓީއަށް ޗެމްޕިއަންސް ލީގުގެ ސެމީގެ އުންމީދު ހަނިވެފައި އޮތް އިރު، ރޭގެ މެޗުގައި ސިޓީގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ 11ގައި ނުހިމެނެއެވެ.

ސާޖިއޯ އަގުއޭރޯ، ގެބްރިއަލް ޖީސަސްގެ އިތުރުން ކެވިން ޑި ބްރޭނާވެސް ފެނިފައިވަނީ މެޗުގެ ދެވަނަ ހާފްގައެވެ.

މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅުނު ސިޓީން ލީޑު ނެގީ މެޗުގެ 25 ވަނަ މިނެޓުގައެވެ. ލިބުނު ކޯނަރެއްގެ ބޭނުން ހިފައި ސިޓީއަށް ލީޑު ނަގައިދިނީ ކެޕްޓަން ވިންސެންޓް ކޮމްޕެނީއެވެ. އަދި އޭގެ ފަސް މިނެޓް ފަހުން ސިޓީން ލީޑު ފުޅާކުރިއެވެ. ސިޓީގެ ދެވަނަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަން މިޑްފީލްޑަރު އިލްކާއީ ގުންޑޮގަންއެވެ.

ސިޓީން 2-0ގެ ލީޑަކާއެކު ފުރަތަމަ ހާފް ނިންމާލި ނަމަވެސް ޔުނައިޓެޑުން ވަނީ ދެވަނަ ހާފްގައި ނުކުމެ ކުޅުން ރަނގަޅުކޮށްފައެވެ. ޔުނައިޓެޑްގެ ކުރިއަށް ކުޅުނު އެލެކްސިސް ސަންޗޭޒާއި ޔެސޭ ލިންގާޑުގެ ފަރާތުން ރަނގަޅު ކޮމްބިނޭޝަން ކުޅުންތަކެއް ފެނިފައިވެއެވެ.

މެންޗެސްޓާ ޑާބީގައި ރޭ ޔުނައިޓެޑާއި ސިޓީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

މެޗުގެ 53 ވަނަ މިނެޓުގައި ޔުނައިޓެޑަށް ޕައުލް ޕޮގްބާ އުންމީދު އާކޮށްދިން އިރު، އޭގެ 90 ސިކުންތު ފަހުން އަނެއްކާވެސް ޕޮގްބާ ވަނީ އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ޔުނައިޓެޑް މޮޅުވި ގޯލް، މެޗުގެ 69 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކްރިސް ސްމޯލިންއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އެލެކްސިސް ސަންޗޭޒް ނަގައިދިން ހިލޭ ޖެހުމަކުންނެވެ.

comment ކޮމެންޓް