އައްޑޫ އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލާގައި ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލައިފި

އައްޑޫ ސިޓީގެ ލިންކް ރޯޑުގަައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާއަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައި-- ފޮޓޯ: ޓްވިޓަރ

އައްޑޫ ސިޓީ ފޭދޫ ގައި ހިނގި އެކްސިޑެންޓުގައި، ދުވަސްވީ މީހަކު މަރުވި މައްސަލައާ ގުޅިގެން، ހައްޔަރުކުރި ކާރު ދުއްވަން އިން ޑްރައިވަރު ކޯޓުން ދޫކޮށްލައިފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އިރާކޮޅު އައްޑޫ ސިޓީ ފޭދޫ ބަނދަރުމަތީގައި ހިނގި އެކްސިޑެންޓެއްގައި ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ބައިސްކަލެއްގައި ޖެހިގެންނެވެ. އެ ހާދިސާގައި މަރުވެފައިވަނީ ބައިސްކަލު ދުއްވަން އިން ދުންބުރުވާގޭ އަބްދުﷲ މަނިކުފާނަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، އެ އެކްސިޑެންޓާ ގުޅިގެން ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ކޯޓުން ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ފުލުހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރީ އެކްސިޑެންޓުގައި ކާރު ދުއްވަން އިން އަންހެން ޑްރައިވަރެވެ.

އަދި އޭނާ ކޯޓުން ދޫކޮށްލީ އެ ހާދިސާގައި މަރުވި އަބްދުﷲ މަނިކުފާނުގެ ފަރާތުން ދައުވާ ކުރަން ބޭނުން ނުވެގެން ކަމަށް ވެސް ވަނީ އެނގިފައެވެ.

comment ކޮމެންޓް