މިސްޓާ ރޮށި: ދިވެހިންނަށް ކަމުދާނެ ދިވެހި ރޮށި

މިސްޓާ ރޮށި ފެކްޓްރީ--- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ދިވެހިންނަށް ކަމުދާނެ ގޮތަކަށް ރޮށި އުފައްދައި ބާޒާރަށް ނެރުމުގެ މަގްސަދުގައި ކިންގްސް ކޮމްޕެނީއިން "މިސްޓާ ރޮށި"ގެ ނަމުގައި ރޮށި ވިއްކަން ފަށައިފިއެވެ.

ބްރޭންޑެއްގެ ގޮތުގައި މި އުފެއްދުން ނެރުމަށް މިއަދު މިސްޓަ ރޮށި ފެކްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކިންގްސް ކޮމްޕެނީގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނަޖްމީ ވިދާޅުވީ މިސްޓަ ރޮށިއަކީ ދިވެހި އަމިއްލަ ބްރޭންޑެއް އުފެއްދުމަށް ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ.

މިސްޓާ ރޮށި ފެކްޓްރީ--- ސަން ފޮޓޯ: މުހައްމަދު އަފްރާހު

މިސްޓާ ރޮށި އުފައްދަން ފެކްޓްރީ އެއް ގާއިމްކޮށްފައިވާއިރު ރޮށިފިހުމަށާއި، ދެމުމަށް އަދި ފުށް މޮޑުމަށްވެސް ބޭނުންކުރަނީ އެކަމަށް ހާއްސަ މެޝިނަރީއެވެ. ގަޑިއަކު ހާހެއްހައި ރޮށި އުފައްދާ މި ފެކްޓްރީގެ ރޮށި ބާޒާރަށް ނެރެނި ވެކިއުމް ޕެކް ކޮށްގެންނެވެ.

މިސްޓާ ރޮށި --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

ފިހާރަތަކުން މިސްޓާ ރޮށި ވިއްކަން ފެށިތާ ދެ ދުވަސް ވެފައިވާއިރު، ރޮށި އުފައްދާ ފެކްޓްރީއިންވެސް ގަންނަން ލިބޭނެއެވެ. މީގެ އިތުރުން ދެ ޕެކަށް ވުރެ ގިނަ ޕެކު ގަންނަ ނަމަ ހިލޭ ޑެލިވަރީވސް ކޮށްދެއެވެ.

މިސްޓާ ރޮށި ތިން ފްލޭވާ އަކުން ލިބޭނެއެވެ. އެއީ އާދައިގެ ރޮށި (ޕްލެއިން)، ހެލްތީ ބްރައުން (އާޓާ ރޮށި) އަދި ހެލްތީ ގްރީން (އޮލިވް އޮއިލް އަޅާފައިވާ)އެވެ.

ނަޖުމީ ވިދާޅުވީ ފާއިތުވި ތިން ވަރަކަށް ދުވަސްތެރޭ މިސްޓާ ރޮށި އަށް ލިބޭ ތަރުހީބު ރަނގަޅު ކަމަށެވެ.

"ރިޕީޓު ކަސްޓަމަރުން އާދޭ،"

ރޮށި ޕެކް ތިން ދުވަސް ވަންދެން ބޭނުންކުރެވޭއިރު ކޮންމެ ޕެކް އެއްގައި 10 ރޮށި ހިމެނެއެވެ.

ނަޖުމީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުނި ރޮއްޓާއި، ޝަވަރުމާ ރޮށި އަދި ފްލެޓް ބްރެޑުގެ ގިނަ ވައްތަރުތައް އުފައްދާ ބާޒާރަށް ނެރޭނެ ކަމަށެވެ.

comment ކޮމެންޓް