ގޫގުލް އިން މެދުފަންތީގެ "ޕިކްސެލް" ފޯނެއް ނެރެނީ

ގޫގުލްގެ ޕިކްސެލް ފޯނުތަކަކީ އަގުގެ ގޮތުން ބަލާއިރު ޖީބަށް ލުއި ފޯނެކޭ ނުބުނެވޭނެއެވެ. ނަމަވެސް ޕިކްސެލް ފޯނަކީ ކެމެރާ އާއި އިތުރު ފަންކްޝަންތައް ވަރުގަދަ، ބޮޑު ފޭން ބޭސް އެއް އޮތް ފޯނެކެވެ.

ސްމާޓް ފޯނު އުފައްދާ ގިނަ ކުންފުނިތަކެކޭ އެއްގޮތަށް ގޫގުލް އިންވެސް ވަނީ އެމީހުންގެ ހައި ކްލާސް ޕިކްސެލްގެ އަގުހެޔޮ ވާޝަން އެއް ނެރެން ނިންމައިފައެވެ.

ކުރިއަށް އޮތް ހޫނު މޫސުމުގައި ޕިކްސެލްގެ ބަޖެޓް ފޯނު އިންޑިއާ އިން ގަންނަން ލިބެން ހުންނާނެއެވެ. ގޫގުލް ގެ ފޯނު އެމެރިކަގެ ބާޒާރަށް ނުނެރޭނެ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގޫގުލްގެ ނެކްސްޓް އަދި ގޫގުލް ވައިފައި އާއި ޕިކްސެލް ބުކް އިންޑިއާ އަށް ގެންދިއުމަށްވެސް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޑިއާ ފަދަ ކުރިއަރަމުން އަންނަ ގައުމެއްގައި ގޫގުލްގެ ސްމާޓު ފޯނަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް