ދެ މަސް ފަހުން އަދީބަށް އާއިލީ ބައްދަލުވުން ދީފި

އަދީބުގެ އާއިލާއިން މިއަދު މާފުށީ ޖަލު ކައިރީ ---

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އާއިލީ ބައްދަލުވުން ދިނުން ހުއްޓާލިތާ ދެ މަސް ފަހުން މިއަދު އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދީފި އެވެ.

އަދީބަށް އާއިލީ ބައްދަލުވުން ދިނުން މެދުކަނޑާލާފައި ވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން މާފުށީ ޖަލަށް އަދީބު ބަދަލު ކުރުމަށް ފަހު އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި ފަރާތްތަކަށް އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތު ދީފައެއް ނުވެ އެވެ.

މިއަދު މެންދުރު އަދީބުގެ އާއިލާއިން ވަނީ ބައްދަލުވުމަށް ގޮސްފަ އެވެ. އަދީބަށް އާއިލީ ބައްދަލުވުން ދީފައި މިވަނީ ބައްދަލުވުން ނުދޭ ކަމުގެ ޝަކުވާ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އެޗްއާރުސީއެމްއަށް ހުށަހަޅާފައި ވަނިކޮށެވެ.

އަދީބަށް އެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ. އޭގެތެރޭގައި ފިސްތޯލަ ގެންގުޅުނު މައްސަލަ އާއި ހިޔާނާތުގެ މައްސަލަވެސް ހިމެނެ އެވެ.

އަދީބުގެ އިތުރު މައްސަލަތަކެއްވެސް ދައުވާ އުފުލި ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ.

comment ކޮމެންޓް