ވާވޭގެ ޓްރިޕްލް ލެންސް ކެމެރާ ފޯނު ނެރެފި

ވާވޭގެ އާ ފޯނު އިއްޔެ ވަނީ ލޯންޗުކޮށްފައެވެ. އެކުންފުނިން އިއްޔެ ނެރުނީ ޕީ20 މޮޑެލްގެ ތިން ފޯނެކެވެ. އެއީ ޕީ20، ޕީ20 ލައިޓް އަދި ޕީ20 ޕްރޯއެވެ.

ޕީ20 ޕްރޯ ގެ ވާހަކަ މީޑިއާއަށް ތިލަވީއްސުރެ އެ ފޯނަށް ގިނަ ބަޔަކު އިންތިޒާރުކުރިއެވެ. މި ފޯނުގައި ތިން ކެމެރާ ލެންސް ހިމެނޭއިރު މިއީ ލޯ ލައިޓްގައި އަދި އަނދިރީގައި ފޮޓޯ ނަގާން އެއްވަނައެވެ.

ސެމްސަންގުގެ އެންމެ ފަހުގެ ފޯނު އެސް9 ގެ ކެމެރާ އާ ވާދަކުރާނެ ޕީ20 ޕްރޯގެ ކެމެރާ އާއެކު ވާވޭއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ފޯނުން ޒޫމްކޮށްގެން ނަގާ ފޮޓޯތަކުގެ ކޮލިޓީވެސް ރަނގަޅުވާނެ ކަމަށް ވާވޭއިން ބުނެއެވެ.

މި ފޯނުގެ އަގަށް ބަލާއިރު އެސް9 ގެ އަގަށްވުރެ ވާވޭގެ ޕީ20 ޕްރޯ އަގުހެޔޮވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންޑްރޮއިޑް 8.1 އާއެކު ނެރުނު މި ފޯނު ތަކުގެ ތެެރޭގައި ޕީ20 ޕްރޯގައި ތިން ކެމެރާ ހިމެނުނު ނަމަވެސް ޕީ20 ގައި ހިމެނޭނީ ދެ ކެމެރާއެވެ.

މިފޯނުތައް ގިނަ ކުލަތަކަކުން ލިބެން ހުންނާނެއެވެ. ޕީ20 އަދި ޕީ20 ޕްލަސް ސެރެމިކް ބްލެކް އަދި ޓްވައިލައިޓް ކުލައިން ލިބެން ހުންނާނެ ކަމަށާއި، ޕީ20 ކްލެއިން ބްލޫ، މިޑްނައިޓް ބްލެކް އަދި ސަކޫރާ ޕިންކް އިން ލިބެން ހުންނާނެއެވެ.

comment ކޮމެންޓް