ކުއްލި ހާލަތުގެ ދަށުން ހައްޔަރުކުރި އެމްޑީޕީގެ އިސް ބަޔަކު ދޫކޮށްލައިފި

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވާހަކަ ދައްކަވަނީ ----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކުއްލި ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި ބައެއް މީހުން ދޫކޮށްލައިފިއެވެ.

މާދަމާގެ ނިޔަލަށް ކުއްލި ހާލަތުގެ މުއްދަތު ހަމަވާއިރު ދޫކޮށްލާފައިވާ މީހުންގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނެއެވެ.

ދޫކޮށްލި މީހުންގެ ތެރޭގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހިމެނިވަޑައިގަންނަވައެވެ. އޭނާ ހައްޔަރުކުރީ ފެބްރުއަރީ މަހުގެ ތެރޭގައި ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައެވެ.

ޝިފާޒްގެ އިތުރުން ދެން ދޫކޮށްލާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމީދޫ ދާއިރާގެ ކުރީގެ މެމްބަރު އިލްޔާސް ލަބީބެވެ.

މިއަދު ދޫކޮށްލި މީހުންގެ ތެރޭގައި ވެރިރަށް މާލޭގެ އަމަން އަމާންކަން ނަގާލުމަށް ރޭވި ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ހައްޔަރުކޮށްފައި ހުރި އަހްމަދު ޝާހިދު (ސާބެ)، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ހަސަން އަހުމަދު އަދި ހުސައިން އިލްހާމް ވެސް ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭން މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވި ލެކިއުޓްގެ ހިއްސާދާރު އަބްދުލް މާޖިދު (ލެކިއުޓް މާޖިދު)ވެސް ވަނީ ދޫކޮށްލާފައެވެ.

މި މީހުންގެ އިތުރުންވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ގިނަ ބަޔަކު ވަނީ މިހާރު ދޫކޮށްލާފައެވެ.

comment ކޮމެންޓް