ވެމްކޯ ބަލިކޮށް ޕޮލިހަށް ފަސޭހަ މޮޅެއް

18/30 ވިމެންސް ފުޓްސަލް ފިއެސްޓާގެ ފުރަތަމަ މެޗުގެ ތެރެއިން ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކްލަބު މޯލްޑިވްސް ކަޕް 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ވެމްކޯ ބަލިކޮށް ޕޮލިސް ކްލަބުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ އަންހެން ޑިިވިޝަން ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި ޕޮލިހާއި ވެމްކޯ ވާދަކުރީ ގްރޫޕް އޭގެ ފުރަތަމަ މެޗުގައެވެ.

އެ މެޗު ޕޮލިހުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ފުރަތަމަ ހާފް 0-0ގެ ނަތީޖާއަކުން ނިމުނު އިރު، ދެވަނަ ހާފް ފެށިގެން މާ ގިނަ އިރެއް ނުވެ ފާތިމަތު ޒާހިރާ (ޒާއްޕޮ)ގެ ގޯލުން ޕޮލިހުން ވަނީ ލީޑު ނަގައިފައެވެ. ޒާއްޕޮއަކީ ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ.

މެޗުގެ ދެވަނަ ގޯލް ޕޮލިހަށް ކާމިޔާބުކޮށްދިނީ ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކެޕްޓަން، ފަދުވާ ޒާހިރެވެ. މެޗު ނިމެން ދަނިކޮށް ޕޮލިހަށް ލީޑު ފުޅާކޮށްދިނީ އެޓީމުގެ ނޭޕާލް ކުޅުންތެރިޔާ ސަބްރިތާ ބަންޑާރީއެވެ. އޭނާއަކީ ނޭޕާލް ގައުމީ ޓީމުގެވެސް ކުޅުންތެރިއެކެވެ.

18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި މިއަދު ކުޅޭ މެޗުތައް

21:30 އުރީދޫ - މޯލްޑިވިއަން

22:15 އެމްޕީއެލް - ފެހިފަހި ކްލަބު

comment ކޮމެންޓް