ހދ.ގެ ފުރަތަމަ ރިސޯޓު ހޮނޑާފުށީގައި ހުޅުވައިފި

ހޮނޑާފުށި އައިލެންޑް ރިސޯޓު --

ހދ. އަތޮޅުގައި ހުޅުވާ ފުރަތަމަ ރިސޯޓު އެ ރަށު ހޮނޑާފުށީގައި މިއަދު ހުޅުވައިފި އެވެ. އެ ރިސޯޓަށް ކިޔާ ނަމަކީ "ހޮނޑާފުށި އައިލެންޑް ރިސޯޓު"އެވެ.

ތްރީއޭ ކުންފުނިން ތަރައްގީކުރި އެ ރިސޯޓު އޮންނަނީ ހދ. ހަނިމާދޫގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް ހަތް ކިލޯ މީޓަރު ދުރުގަ އެވެ. ތްރީއޭ ކުންފުނިން ހިންގާ ބައެއް އިތުރު ރިސޯޓުތަކުގެ ތެރޭގައި ފިލިތެޔޮ އައިލެންޑް ރިސޯޓު، މެދުފުށި އައިލެންޑް ރިސޯޓު އަދި ބަތަލާ އައިލެންޑް ރިސޯޓު ވެސް ހިމެނެ އެވެ.

ހޮނޑާފުށި އައިލެންޑް ރިސޯޓު --

ހޮނޑާފުށި ހުޅުވީ ދެ ކެޓަގަރީއެއްގެ 80 ކޮޓަރިއާ އެކުގަ އެވެ. އެއީ 75 އަކަ މީޓަރުގެ ސުޕީރިއާ ބީޗު ބަންގަލޯ އާއި 89 އަކަ މީޓަރުގެ ޑިލަކްސް ބީޗު ބަންގަލޯ އެވެ.

އެ ރިސޯޓުން ނިންމާފައި ވަނީ އަހަރަކު 100 ކޮޓަރި އިތުރުކުރަމުން ގޮސް، ފަސް އަހަރު ތެރޭގައި އެ ރިސޯޓުގައި 400 ވިލާ ގާއިމުކުރުމަށެވެ.

ހޮނޑާފުށި ރިސޯޓުގައި ސްޕާ އެންޑް ވެލްނެސް ސެންޓަރެއް ހުންނަ އިރު، އެކި ވައްތަރުގެ މޫދުކުޅިވަރު ވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރެ އެވެ. މީގެ އިތުރުން ބީޗު ވޮލީއާއި ފިޓްނެސް ސެންޓަރެއް ވެސް އެ ރިސޯޓުގައި ހުރެ އެވެ.

comment ކޮމެންޓް