"ޓުވީޓްޑެކް" ކުރާ ގިނަ އެކައުންޓްތަކެއް ޓުވިޓާ އިން ސަސްޕެންޑް ކޮށްފި

ޓުވިޓާ މެދުވެރިކޮށް ދޮގު ހަބަރު ފެތުރުން ހުއްޓުވައި، ސްޕޭމް ކުރުން ހުއްޓުވުމަށް ގިނަ އެކައުންޓްތަކެއް މިދިޔަ މަހު ސަސްޕެންޑް ކުރިކަމަށް ޓުވިޓާ އިން ބުނެފި އެވެ.

ޓުވިޓާ އިން ބުނީ މާ ގިނައިން ރީ ޓުވީޓްކޮށް އެހެން މީހުންގެ ޓްވީޓުތައް "ކޮޕީކޮށްގެން" ޓުވީޓުކުރާ އެކައުންޓްތައް ސަސްޕެންޑް ކުރި ކަމަށެވެ.

ސަސްޕެންޑް ކުރި އެކައުންޓްތަކުގައި އެތައް މިލިއަން ފޮލޯވަރުން ތިބި އެކައުންޓްތައް ވެސް ހިމެނޭ ކަމަށާއި އެކައުންޓްތައް ސަސްޕެންޑް ކުރީ ޓުވިޓާގެ ސްޕޭމް ޕޮލިސީ އާ ޚިލާފުވާތީ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މިދިޔަ މަހު ޓުވިޓާއިން ވަނީ "ޓުވީޓްޑެކް" ބޭނުންކޮށްގެން ރީޓްވީޓްކޮށް އެކި އެކައުންޓްތަކުގެ ޓުވީޓްތައް ކޮޕީކޮށްގެން ޓުވީޓުކުރެވޭނެ ފީޗާ ނަގާނެ ކަމަށާއި އެފަދަ ތާޑް ޕާޓީ ޕްލެޓްފޯމުތައް ބޭނުންކޮށްގެން ޓުވިޓާގެ ސްޕޭމް ގައިޑްލައިންއާ ޚިލާފުވާ މީހުންގެ އެކައުންޓްތައް ސަސްޕެންޑު ކުރާނެ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް