މެޑިކަލް އެސޯސިއޭޝަންގެ އާ އެކްސްކޯ އިންތިޚާބުކޮށްފި

މެޑިކަލް އެސޯސިއޭޝަނުގެ އިންތިޚާބު ކުރިއަށް ދަނީ -- ފޮޓޯ: އެމްއެމްއޭ/ޓްވިޓާ

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަންގެ އާ އެކްސްކޯއަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ބޭއްވި އިންތިޚާބުގައި އޮންލައިންކޮށް ވޯޓް ލެވޭނެ ގޮތް ވެސް ވަނީ އިންތިޒާމުކޮށްފައެވެ.

މެޑިކަލް އެސޯސިއޭޝަންގެ ސްޕޯކްސް ޕާސަން ކަމަށް އިންތިޚާބުވި ޑރ. މުހައްމަދު އަޝްރަފު ވިދާޅުވީ މެޑިކަލް އެސޯސިއޭޝަންގެ ކުރީގެ އެކްސްކޯގެ ރައީސް ޑރ. އަބްދުﷲ ނިޔާފްގެ އިސްނެންގެވުމާއެކު، ރާއްޖެއިން ބޭރުގައި ތިއްބެވި ދިވެހި ޑޮކްޓަރުންވެސް އިންތިޚާބުގައި އޮންލައިންކޮށް ވޯޓުލެއްވި ކަމަށެވެ.

މެޑިކަލް އެސޯސިއޭޝަންގެ އެކްސްކޯގެ ދައުރަކީ ދެ އަހަރެވެ. މިފަހަރު އިންތިޚާބު ކުރި އެކްސްކޯގެ މުއްދަތު ހަމަވާނީ 2020 ގަ އެވެ.

އާ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ

  • ޑރ. އަލީ ޝާހިދު މުހައްމަދު: ރައީސް
  • ޑރ. އާދަމް ޚަލީލް: ނައިބު ރައީސް
  • ޑރ. މުހައްމަދު އަލީ: އެގްޒެކެޓިވް ސެކްރެޓަރީ
  • ޑރ. ފާތިމަތު ސައުސަން ނައީމް: ޑެޕިއުޓީ ސެކްރެޓަރީ
  • ޑރ. މުހައްމަދު އަޝްރަފް: ސްޕޯކްސް ޕާސަން
  • ޑރ. މުހައްމަދު އަރީޝް: ޓްރެޒަރާ
  • ޑރ. މުހައްމަދު ރައްޒާން ރަމީޒް: އެކެޑެމިކް ސެކްރެޓަރީ
  • ޑރ. މުހައްމަދު ނަޝީދް: ސައިންޓިފިކް ސެކްރެޓަރީ
  • ޑރ. މިނާހް ފާއިޒް ރަޝާދު: ހެލްތު ޕްރޮމޯޝަން ކޯޑިނޭޓާ

މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން އަކީ ރާއްޖޭގެ ޑޮކްޓަރުންގެ ވެލްފެއާއަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ.

ސިއްހީ ޚިދުމަތްތައް އިތުރަށް ތަރައްގީކޮށް ޑޮކުޓަރުންގެ މެދުގައި ޕްރޮފެޝަނަލިޒްމް އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ރަޖިސްޓަރ ކުރީ 16 އޮކްޓޯބަރ 2005 ގައެވެ.

comment ކޮމެންޓް