ފޭސްބުކުން ނައިޖީރިއާގެ އިންތިޚާބުގައި އެހީތެރިކަން ފޯރުކޮށްދެނީ

ނައިޖީރިއާގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކަންތަކުގައި އެހީތެރިކަން ފޯރުކޮށްދެން ފޭސްބުކް އިން ނިންމައިފިއެވެ.

އެ ކުންފުނިން މިގޮތަށް ނިންމާފައިވަނީ ފޭސްބުކްގެ ޕަބްލިކް ޕޮލިސީ ޑިރެކްޓާ ފޯ އެފްރިކާ، އެބެލޭ އޮކޯބީ ނައިޖީރިއާގެ އިންތިޚާބާ ބެހޭ ކޮމިޝަނާއެކު ބޭއްވެވި ބައްދަލުވުމަކަށް ފަހުއެވެ. މި ބައްދަލުވުމުގައި ފޭސްބުކުން ވަނީ ނައިޖީރިއާގައި އިންތިޚާބާ ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމަށް ޕްރޮގްރާމުތައް ކުރިއަށް ގެންދަން ނިންމައިފައެވެ.

ނައިޖީރިއާގެ އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީގައެވެ.

މިއީ ގައުމެއްގެ އިންތިޚާބާ ގުޅޭ ކަމެއްގައި ފޭސްބުކުން ބައިވެރިވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ކެންޔާގެ އިލެކްޝަން އާ ދިމާކޮށްވެސް ފޭސްބުކް އިން ވަނީ ރައްޔިތުން ހޭލުންތެރިކުރުމަށް ވޯޓާ އެޑިއުކޭޝަން ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.

ނައިޖީރިއާގެ އިންތިޚާބާ ގުޅޭ ދޮގު މައުލޫމާތު ފޭސްބުކް މެދުވެރިކޮށް ފެތުރުން ހުއްޓުވައި، ފޭކް ޕޭޖުތައް ނެގުމަށް ފޭސްބުކުން ވަނީ ނިންމައިފައެވެ. މިއީ ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ބޮޅެއް ކަމަށް ފޭސްބުކުން ބުނެއެވެ.

comment ކޮމެންޓް