މޫސުން ގޯސްވާނެތީ އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފި

އައްޑޫ ސިޓީއަށް މިމީގެ ކުރިން ކުރި ވިއްސާރައެއްގައި ފެން ބޮޑުވެފައި -- ސަން ފޮޓޯ: ޝަމީމާ

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އައްޑޫ ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ މިރޭގެ 20:30 އިން 23:30 އަށެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާގޮތަށް ބަލާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.

އުތުރުގެ މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.

comment ކޮމެންޓް