ގޮށްރާޅު ޕްރިމިއާ ކުރުން ފަސްކޮށްފި

ދިވެހި ފިލްމު "ގޮށްރާޅު"ގެ ފުރަތަމަ ޕޯސްޓަރު--- އެ ފިލްމު ޕްރިމިއާ ކުރުން ވަނީ ފަސްކޮށްފައި---

ޑާކްރެއިން އެންޓަޓެއިންމަންޓުން، އަންނަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހުނު ފިލްމު "ގޮށްރާޅު" ޕްރިމިއާ ކުރުން ފަސްކޮށްފި އެވެ.

ޑާކްރެ އިން އިން ބުނީ ފިލްމު ވަކިން ލޯބިންނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ، އާ ބެލުންތެރިން އިތުރު ޝޯތައް ދެއްކުމަށް އެދެމުންދާތީ ގޮށްރާޅު ދެއްކުމަށް ހަމަޖެހިފައިވާ ތާރީހުތަކުގައި ވަކިން ލޯބިން ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ލިބިފައި ވަނީ ލިމިޓެޑް ޝޯތަކެއް. އެކި ދުވަސްވަރަށް އޮލިމްޕަސް ބުކް ކޮށްފައި ހުރީ. ވަކިން ލޯބިން ނަށް ލިބޭ ތަރުހީބަށް ބަލައި، ފިލްމުގެ އިތުރު ޝޯތައް ދެއްކުމަށް އެދެމުންދާތީ ގޮށްރާޅު ދައްކަން ހަމަޖެހުނު ތާރީހުތަކުގައި ދައްކާނީ ވަކިން ލޯބިން،" ޑާކްރެއިން އެންޓަޓެއިންމަންޓް އިން ބުންޏެވެ.

ގޮށްރާޅު ޕްރިމިއާ ކުރާނެ ދުވަހެއް އަވަސް މުސްތަގްބަލެއްގައި އިއުލާން ކުރާނެ ކަމަށް ވެސް އެ ޓީމުން ބުނެ އެވެ.

"ގޮށްރާޅަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެއް،"

"ގޮށްރާޅު"ގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ވަކިން ލޯބިންނަށް ބެލުންތެރިންގެ ތަރުހީބު އަންނަނީ ލިބެމުންނެވެ.

އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭއަކަށް އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓުކުރި އެ ފިލްމަކީ ފެމެލީ ޑްރާމާއެކެވެ.

މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ ވަކިން ލޯބިންނަކީ މުޖުތަމައުގައި މިހާރު އާންމުކޮށް ހިނގަމުން އަންނަ ކަންތައްތައް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ފެނިގެންދިޔައީ ޖުމައްޔިލް ނިމާލު އަދި މަރިޔަމް މަޖުދާ އެވެ.

ފިލްމުގެ އިތުރު ތަރިންގެ ގޮތުގައި ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަ ހައްޖަ)، އާދަމް ސުނީ، އާދަމް ރިޒްވީ، މޯލްޑިވިއަން އައިޑަލް އިން ވިދާލި އިބްރާހިމް އަމަން ފަދަ ތަރިން ފެނިގެންދިޔަ އެވެ.

comment ކޮމެންޓް