ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތަކަށް ރައްކާތެރިވަން: ދިރާގު

ދިރާގު ހެޑް އޮފީސް--

މުއާސަލާތީ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏެއްގެ ހައިސިއްޔަތުން ކަސްޓަމަރުންގެ އަމިއްލަ މައުލޫމާތުތަކަށް ފުރިހަމައަށް ރައްކާތެރިވާކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގު ސިމް ބޭނުންކޮށް، އެކައުންޓެއް ހެކް ކުރިކަމަށް ބުނެ ޓްވިޓާގައި މައުލޫމާތު ފަތުރަމުން ދަނިކޮށް މިއަދު ދިރާގުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ މައުލޫމާތުތައް އެ ކުންފުނިން ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބަލަހައްޓަމުން އަންނަ ކަމަށެވެ.

ދިރާގުން ބުނީ، ކަސްޓަމަރުންގެ އިތުބާރަކީ އެކުންފުނިން ވަރަށް އިސްކަން ދޭ ކަމެއް ކަމަށާއި ކަސްޓަމަރުންގެ މައުލޫމާތުތައް ރައްކާތެރިކަމާއެކު ބެލެހެޓުމަށް ވަސީލަތްތަކުގެ ބޭނުން އޭގެ އެންމެ ރަނގަޅުގޮތުގައި ބޭނުން ކުރާ ކަމަށެވެ.

ދިރާގުން މިއަދު އެ ޓްވީޓް ކޮށްފައިވާއިރު ސޯޝަލް މީޑީއާ އެކްޓިވިސްޓެއް ކަމަށްވާ، ތޮއްޔިބު ޝަހީމްވަނީ އޭނާގެ ދިރާގު ސިމްގެ ޑަބަލް ސިމް ބޭނުންކޮށް އޭނާގެ އެކައުންޓެއް ހެކް ކޮށްފައިވާ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

comment ކޮމެންޓް