ގަދަ 10ގެ ހުރިހާ ދަރިވަރުންނަށް ރަސްމީ ހަފްލާގައި އެވޯޑު ދޭނެ: މިނިސްޓްރީ

ޖީސީއީ އޯލެވެލް އިމްތިހާނުގައި މުޅި ދުނިޔޭގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންތަކެއް ފޮޓޯއަކަށް ހުއްޓިގެން ---- ސަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

ކުރިންވެސް އޯލެވެލް ޓޮޕް އެޗީވާޒް އެވޯޑު ދިނުމުގެ ރަސްމީ ހަފްލާގައި އެވޯޑު ދޭ ފަދައިން، މިއަހަރުވެސް ގަދަ 10އަށް ހޮވުނު ހުރިހާ ދަރިވަރުންނަށް އެވޯޑު ދޭނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަހަރުން ފެށިގެން އޯލެވެލް ގަދަ ތިނެއްގައި ހިމެނޭ ދަރިވަރުންނަށް އެކަނި އެވޯޑް ދޭން ނިންމާފައިވާ ކަމަށް ބައެއް މީޑިއާތަކާއި މީސްމީޑިއާގައި ދެކެވޭ ވާހަކަތައް ދޮގުކޮށް، އެޑިއުކޭޝަން މިނިސްޓްރީ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު "ސަން"އަށް ވިދާޅުވީ، ގައުމީ ގަދަ 10އަކުން ޖާގަ ހޯދި ހުރިހާ ދަރިވަރުންނަށްވެސް އެވޯޑު ދޭނެ ކަމަށެވެ.

އަދި އަންނަ މާޗް މަހުގެ މެދު ތެރޭގައި އޯލެވެލް ޓޮޕް އެޗީވާޒް އެވޯޑު ދިނުމުގެ ހަފްލާ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް އެކަން ކަށަވަރުވާނީ ނަތީޖާތައް ރީޗެކްކުރުމުގެ މަސައްކަތް ނިމުމުން ކަމަށް ޝަފީއު ވިދާޅުވިއެވެ.

comment ކޮމެންޓް