ތިއޭޓާ ރައުންޑްގެ ގްރޫޕް ޕާފޯމެންސާ އެކު 10 ބައިވެރިން ކަޓައިފި

މޯލްޑިވިއަން އައިޑަލްގެ ހަތަރު ޖަޖުން--- ފޮޓޯ: އައިޑަލް/ފޭސްބުކް ޕޭޖު

މޯލްޑިވިއަން އައިޑަލްގެ ތިއޭޓާ ރައުންޑްގެ ގްރޫޕް ޕާފޯމެންސް ރޭ ވަނީ ދައްކައިފަ އެވެ.

އޮޑިޝަންގައި ވާދަކޮށް ޖަޖުންގެ އާނ ބަސް ލިބިގެން ތިއޭޓާ ރައުންޑަށް 33 ބައިވެރިން ދަތުރުކުރި އެވެ. ނަމަވެސް އަމިއްލަ ސަބަބުތަކަށްޓަކާ އެއް ބައިވެރިއަކު ވަނީ ޝޯ އިން އަމިއްލައަށް ވަކިވެފަ އެވެ.

ރޭގެ ޝޯއަށް ބަލާއިރު ބައިވެރިންގެ ގްރޫޕު ހުށަހެޅުންތައް ނިމުމާ އެކު ޖަޖުން ވަނީ ބައެއް ބައިވެރިން ޝޯ އިން ވަކިކޮށްފަ އެވެ. މިގޮތަށް ކަން ކުރުމުން ބައެއް ބައިވެރިން ވަނީ އެކަމާ ހިތްހަމަ ނުޖެހި ވާހަކަ ވެސް ދައްކައިފަ އެވެ.

ރޭގެ ޝޯގައި ޖުމްލަ 10 ބައިވެރިން ވަނީ ޝޯ އިން ވަކިވި އެވެ.

މިރޭ އޮންނާނީ ތިއޭޓާ ރައުންޑްގެ ގްރޫޕް ޕާފޯމެންސެނެވެ. އޮޑިޝަން އިން ގޯލްޑަން މައިކް ލިބުނު ސައިނާގެ ހުށަހެޅުން ވެސް މިރޭ ފެންނާނެ އެވެ. މިރޭގެ ޝޯއަށް ފަހު ވެސް ބައިވެރިންތަކެއް ޝޯއާ އަލްވަދާއު ކިޔަންޖެހޭނެ އެވެ.

ދެން އޮންނާނީ ޕިއާނޯ ރައުންޑެވެ. އެ ރައުންޑަށް 16 ބައިވެރިއަކު ދަތުރު ކުރާނެ އެވެ.

comment ކޮމެންޓް