އަމީތު އާއި އަބުޅޯ ފުލުހުންގެ ބަންދުން ދޫކޮށްލައިފި

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ރައްޔިތުން މަޖިލީހުގެ ބޭރުގައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރާ ދެކޮޅަށް މިއަދު މާލޭގައި ކުރި މުޒާހަރައިގެ ތެރެއިން ހައްޔަރުކުރި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.

މިއަދުގެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް އަބުޅޯ އާއި އަމީތު ފުލުހުން މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށް ހައްޔަރުކުރީ މަޖީދީމަގުން ހެންވޭރު ދަނޑާ ހިސާބުންނެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި، އަމީތު އާއި އަބުޅޯ ފުލުހުންގެ ބްނަދުން ދޫކޮށްލީ މިރޭގެ ވަގުތެއްގައެވެ.

މިއަދުގެ ޖަލްސާގައި އަބުޅޯ އަދި އަމީތު ހައްޔަރުކުރިއިރު ރޭގެ މުޒާހަރާގައި ފުލުހުން ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފް ހައްޔަރުކޮށްފަ އެވެ. އޭނާ މިވަގުތު ހުންނެވީ ދޫނިދޫގައެވެ.

comment ކޮމެންޓް