އައްޑޫ ޓާޝަރީ ހޮސްޕިޓަލް މިއަހަރުގެ ޖުލައި މަހު ހުޅުވަނީ

އައްޑޫގައި ޓާޝަރީ ހޮސްޕިޓަލު އަޅާ އީސީސީ ސަރަހައްދު-- ފޮޓޯ: މުއިއްޒު ޓްވިޓާ

އައްޑޫ ސިޓީގައި ގާއިމު ކުރެވޭ ޓާޝަރީ ހޮސްޕިޓަލް މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވޭނެކަމަށް ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްވެސް އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ ހިދުމަތް މިއަހަރުގެ މެދެއްހާ ތަނުގައި ދެވެން ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ މައި އިމާރާތާއި އިދާރީ އިމާރާތުގެ ސްޓްރަކްޗަރަލް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން މެކޭނިކަލް އަދި އިންޖިނިއަރިންގެ މަސައްކަތް ފެށި ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމެންޓްސް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސާކް ސަމިޓް ބޭއްވުމަށް އައްޑޫގައި އެޅި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)އަށް ބަދަލުތަކެއް ގެނައުމަށް ފަހު އެތަނުގައި އެޅުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ނިމޭއިރު އެތަނުގައި އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި، ފަސް އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މޯޗަރީއަކާއި ޕްރައިވެޓް ރޫމްތައް ވެސް ހުންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް