އޭޖީ އޮފީހުގެ އިސް ވަކީލަކު އިސްތިއުފާދެއްވައިފި

ޝަފީއާ ރިޒާ---

ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޓާނީ ޖެނެރަލް އަމަލު ކުރައްވާގޮތާމެދު ހިތްހަމަ ޖެހިވަޑައިނުގެން އެ އޮފީހުގެ އިސް ވަކީލަކު އިސްތިއުފާ ދެއްވައިފިއެވެ.

އެނގިފައިވާގޮތުގައި އިސްތިއުފާ ދެއްވާފައިވަނީ އެ އޮފީހުގެ ޑެޕިއުޓީ ކައުންސެލާ ޖެނެރަލްގެ މަގާމުގައި ހުންނެވި ޝަފީއާ ރިޒާ އެވެ. ޝަފީއާ އާއި ގުޅިފައިނުވާތީ އިތުރު ތަފްސީލު ލިބިފައެއް ނުވެއެވެ.

މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 15 ދުވަހަށް އިއުލާންކުރި ކުއްލި ހާލަތުގެ މުއްދަތު ހަމަވާން އެއް ދުވަހަށް ވެފައި ވަނިކޮށް، ކުއްލި ހާލަތުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރު ކުރުމަށް މަޖިލީހުން ވަނީ މިމަހުގެ 20 ވަނަ ދުވަހު ނިންމައިފައެވެ.

ނަމަވެސް އެގޮތަށް ފާސްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ގާނޫނީ ދާއިރާގެ ގިނަ ފަރާތްތަކުން ދަނީ ނުރުހުން ފާޅުކުރައްވަމުންނެވެ.

މިކަމާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ، މަކިގޮތެއް އަންގަންދެން މަޖިލީހުގެ ނިންމުމަށް އަމަލުކުރުމަށް އަމުރެއް ނެރެފައެވެ.

comment ކޮމެންޓް