އިޓަލީގެ "ވިއެރޯ" ބްރޭންޑުގެ ކުލަ ރާއްޖެއަށް

ވިއެރޯ ޕެއިންޓްސްގެ ޝޯރޫމެއް ---

އިޓަލީގެ މަޝްހޫރު "ވިއެރޯ" ޕެއިންޓްސްގެ ޝޯރޫމެއް ރާއްޖޭގައި ހުޅުވަން ތައްޔާރުވެއްޖެއެވެ.

ފްރެންޗައިޒް އުސޫލުން "ވިއެރޯ"ގެ ޝޯރޫމް ރާއްޖޭގައި ހުޅުވަނީ ސްޓްރާޑާ ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. ވިއެރޯ ޝޯރޫމް ހުންނާނީ އަލިކިލެގެފާނު މަގުގައެވެ.

ސްޓްރާޑާއިން މައުލޫމާތުދޭ ގޮތުގައި "ވިއެރޯ"ގެ ޕްރޮޑަކްޓްތައް ވިއްކުމުގެ އިތުރުން އެޕްލިކޭޝަންގެ ޚިދުމަތްވެސް ވިއެރޯގެ ޝޯރޫމުގެ ފަރާތުން ލިބޭނެއެވެ. އެ ޝޯރޫމް ހުޅުވުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ ފަހުކޮޅުއެވެ.

އިޓަލީގެ ވިއެރޯ ޕެއިންޓްސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަގުބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. އަދި އެކި ކަންކޮޅުތަކުގައި ހަދާފައިވާ ޕްރޮޕަޓީތަކުގެ ފާރުތަކާއި އިންޓީރިއާ ޑެކަރޭޝަނަށް ވިއެރޯގެ ޑެކަރޭޓިވް ޕެއިންޓްސް ބޭނުންކޮށްފައިވެއެވެ. އޭގެ ތެރޭގައި އިންޑިއާގެ ހޮޓެލް ކަބާނާ ރިސޯޓްސްއާއި، ދުބާއީގައި ހުންނަ އަރްމާނީ ހޮޓެލްސްގެ އިތުރުން ރަޝިއާއާއި މޯލްޓާގެ ބައެއް ހޮޓެލްތައް ހިމެނެއެވެ.

ސްޓްރާޑާއިން ބުނީ، ރާއްޖޭގައި ހުޅުވާ ވިއެރޯ ޕެއިންޓްސް ޝޯރޫމުގައި މަސައްކަތް ކުރުމަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހޮވޭ މުވައްޒަފުން ދެ ހަފްތާގެ ތަމްރީނެއް ހެދުމަށް އިޓަލީއަށް ފޮނުވާނެ ކަމަށްވެސް ސްޓްރާޑާއިން ބުނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން [email protected] އަށް އީމެއިލްކުރުމަށް ސްޓްރާޑާއިން އެދެއެވެ.

comment ކޮމެންޓް