ފުލުހަކާ މާރާމާރީ ހިންގަން އުޅުނު ކަމުގެ ތުހުމަތު އަނެއްކާވެސް ނާދިރާއަށް

ކްރިމިނަލް ކޯޓަށް ނާދިރާ ހާޒިރު ކުރަނިކޮށް ނަގާފައިވާ ފޮޓޯއެއް ----

ފުލުހަކާ މާރާމާރީ ހިންގައި ފުލުހެއްގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތު ޖެންޑާ މިނިސްޓްރީގެ ކުރީގެ ނައިބު އައިމިނަތު ނާދިރާގެ މައްޗަށް އަނެއްކާ ކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި މިދިޔަ ފެބްރުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިން ވެސް އެފަދަ ތުހުމަތެއްކޮށް ނާދިރާ ހައްޔަރުކުރި އެވެ. ނަމަވެސް އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އެފަހަރު ވަނީ ދޫކޮށްލައިފައެވެ.

ފުލުހުންގެ އެދުމުގެ މަތީން ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ނާދިރާ 'ސަން' އަށް ވިދާޅުވީ، ފުލުހުން އެދުނީ ބަލަމުންދާ މައްސަލައެއްގައި ވީޑިއޯ އެނަލިސިސް އެއް ހެދުމަށް ފޮޓޯއެއް ނެގުމަށް ކަމަށެވެ.

ނަމަވެސް އޭނާއަކީ ފުލުހުންގެ ބަންދުގައި ހުރި މީހަކަށް ނުވާތީ އާއި އެފަދަ ކަމަކަށް ކޯޓު އަމުރެއް ނެތުމުން ނާދިރާ ވަނީ އެކަމަށް އިންކާރު ކުރައްވައިފައެވެ.

ނާދިރާ ވިދާޅުވީ، ކޯޓު އަމުރެއް ހޯއްދެވުމަށްފަހު ފޮޓޯ ނެގުމަށް ހުއްދަ ދޭނެ ކަމަށް ދެންނެވުމުން ބަޔާން ނެގުމަށްފަހު މިރޭ ފޮނުވާލީ ކަމަށެވެ. ނަމަވެސް ދެން އަންނަންވީ ދުވަހެއް އަދި އިތުރު ޗިޓެއް ވެސް ފުލުހުން އޭނާއަށް ދީފައިނުވާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް