ޓާޓާ ފްލެޓްތަކުގެ ތެރެއިން ވިއްކަން ހުޅުވާލި ފްލެޓްތައް ވިކި ނިމިއްޖެ

ކުރީގެ އަރަބިއްޔާ ސްކޫލް އިމާރާތުގައި އަޅާފައިވާ މާލޭ ސްކެއާރ ފުލެޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާކޮއްޓާއި އަރަބިއްޔާ ކުރިން ހުރި ބިމުގައި ޓާޓާ ކުންފުނިން ތަރައްގީކޮށްފައިވާ ފްލެޓުތައް ވިކިފައިވާ ކަމަށް އެޗްޑީސީ އިން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ކުރީގެ އަރަބިއްޔާ އަދި ގާކޮށި ބިމުގައި އިމާރާތްކޮށްފައިވާ ފްލެޓުތައް ވިއްކަން ހުޅުވާލި ފުރުސަތުގައި، ފްލެޓު ގަތް ފަރާތްތަކުން ފައިސާ ދެއްކުމަށް އެއްބަސްވެފައިވާ ގޮތަށް، ފައިސާގެ ކަންތައް ކުރިއަށް ގެންދިއުމަށް އެދޭ ކަމަށެވެ.

ފްލެޓު ގަތުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފައިސާގެ ކަންތައް ހަމަ ނުޖެހޭ ފަރާތްތަކުގެ ފްލެޓުތައް ފަހުގެ ތާރީޚެއްގައި ވިއްކަން އިއުލާނުކުރާނެ ކަމަށް ވެސް އެޗްޑީސީ އިން ބުނެ އެވެ.

ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކާފައި ވަނީ އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށެވެ. އެގޮތުން 105 ފްލެޓެއް ވިއްކަން ވަނީ ހުޅުވާލައިފަ އެވެ.

ގާކޮށީ ބިމުން ވިއްކާފައި ވަނީ 111 ފްލެޓެވެ. އަރަބިއްޔާ ހުރި ބިމުން ވިއްކީ 48 ފްލެޓެވެ. ފްލެޓް ވިއްކާފައި ވަނީ ދެ މިލިއަން ރުފިޔާ އަށެވެ.

comment ކޮމެންޓް