އޮޑިދޯނި ފަހަރު ބަންނަ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް އެމްޓީސީސީން ފަށައިފި

އޮޑިދޯނި ފަހަރު ބަންނަ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް އެމްޓީސީސީން ފެށުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސްކޮޓް ބާޑާ ބްރޭންޑުގެ ފައިބަރު ސާމާނުން އޮޑިދޯނި ފަހަރު ބަންނަ މީހުންނަށް ހާއްސަ ޕްރޮމޯޝަނެއް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން އެ ޕްރޮމޯޝަން ލޯންޗު ކޮށްދެއްވީ އެމްޓީސީސީ ކަށަވަރު ޝޯ ރޫމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތުއެވެ.

މިއަދުންފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ޕްރޮމޯޝަންގައި އެމްޓީސީސީ ކަށަވަރުން ވިއްކާ ސްކޮޓް ބާޑާ ބްރޭންޑްގެ މޮޅު ރެސިން، ޖެލް ކޯޓް އަދި ފައިބަރު ކުރުމަށް ބޭނުންކުރާ އެހެނިހެން ސާމާނުން ފަސް ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ، އޮޑީވެންރިންނާއި އޮޑިދޯނި ފަހަރު ބަންނަ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ޕްރޮމޯޝަން އަމާޒުކުކޮށްފައި ވަނީ، ފައިސާ ދައްކާ ވަގުތުން ތަކެތި ބައްލަވައިގަންނަ މީހުންނަށް ކަމަށެވެ.

އެމްޓީސީސީންވަނީ މިދިޔަ އަހަރުވެސް ސްކޮޓް ބާޑާ ބްރޭންޑަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންގޮސްފައެވެ. ސްކޮޓް ބާޑާ އަކީ ދުބާއީ ފަދަ ކަނޑު އުޅަނދު ފަހަރު ބަނުމުގައި އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުންކުރަމުން އަންނަ އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޭންޑެކެވެ.

comment ކޮމެންޓް