ފަރުކޮޅުފުށި ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅަން ހުޅުވާލައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ކުރީގެ ރިސޯޓް، ފަރުކޮޅުފުށީގައި ޕިކްނިކް އޭރިއާ ތަރައްގީ ކުރަނީ -- ފޮޓޯ/އެޗްޑީސީ

ފަރުކޮޅުފުށި ތަރައްގީކުރަން ހަމަޖެހިފައިވާ ޕިކްނިކް އޭރިިއާ ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅަން، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން މިއަދު ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިމެނޭ ކުރީގެ ރިސޯޓް، ފަރުކޮޅުފުށީގައި ތަރައްގީކުރަން ހަމަޖެހިފައިވާ ގާތްގަނޑަކަށް 5000 އަކަ މީޓަރުގެ ޕިކްނިކް އޭރިޔާ ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް 15 ފެބްރުއަރީގައި ބިޑް ހުށަހަޅަން ހުޅުވާލާނެކަމަށެވެ.

އެޗްޑީސީން ހަރަދުކޮށްގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޕިކްނިކް އޭރިއާގައި، ދެ ހަޓް، ފާހާނާ، ބާބެކިއު ސްޕޮޓްގެ އިތުރުން ގާޑް އޭރިއާވެސް ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.

ފަރުކޮޅުފުށީގައި ޕިކްނިކް އޭރިއާ ތަރައްގީކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޕްރީ ބީޑް ބައްދަލުވުމެއް އަންނަ ހޯމަދުވަހުގައި އެޗްޑީސީގައި އޮންނާނެއެވެ. އަދި ޕިކްނިކް އޭރިއާ ތަރައްގީކުރުމާއި ބެހޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބަސައިޓްގައި ވަނީ ޝާއިއު ކޮށްފައެވެ.

comment ކޮމެންޓް