"ޕަދްމާވަތު" އަށް މިހާތަނަށް ބޮޑު ކާމިޔާބީއެއް

ޕަދްމާވަތުގެ ޕޯސްޓަރެއް----

"ޕަދްމާވަތު" އަކީ ގިނަ ގޮންޖެހުންތަކެއް ގިރާކުރުމަށް ފަހު ރިލީޒްކުރި ފިލްމަކަށްވީ ނަމަވެސް އެ ފިލްމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

ސަންޖޭ ލީލާ ބަންސާލީގެ އެ ފިލްމަކީ ބޮލީވުޑްގައި އެޅުވި އެންމެ ކާމިޔާބު އެއް ފިލްމޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެ ފިލްމަށް މިހާތަނަށް ވަނީ 200 ކުރޯޑު ލިބިފަ އެވެ.

ގިނަ ބަޔަކު އެ ފިލްމާ ދެކޮޅަށް ހަޅުތާލު ކުރަމުން ދިޔަ ނަމަވެސް އެ ފިލްމު އަންނަނީ ބޮލީވުޑްގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ވިދަމުންނެވެ.

ބޮލީވުޑްގެ ކްރިޓިކް ތަރަން އާދާޝް ބުނީ ޕަދްމާވަތުއަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިމަތި ނުވި ނަމަ މިއަށް ވުރެ ބޮޑު ތަރުހީބެއް ފިލްމަށް ލިބޭނެ ކަމަށެވެ.

ފިލްމު ބެލި ގިނަ މީހުން ބުނަނީ ފިލްމަކީ 'މާސްޓާޕީސް' އެއްގެ އިތުރުން ގިނަ އެވޯޑްތަކެއް ކަށަވަރު ފިލްމެއްކަމަށެވެ.

ފިލްމުގެ ހުރިހާ ތަރިންގެ އެކްޓަށް ސާބަސް ކިޔާފައިވާ އިރު ފިލްމުގެ ލީޑުން ދީޕިކާ ޕަދުކޯން، ޝާހިދު ކަޕޫރު އަދި ރަންވީރު ސިންހް އެވެ.

ފިލްމު އުފައްދާފައި ވަނީ އެއް ބިލިއަން ރުޕީސްގެ ބަޖެޓަކުންނެވެ.

comment ކޮމެންޓް