ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ 2:54 ގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެ ސާވިސްއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސ.މީދޫ އަލީވާގެ އަބްދުﷲ ސައީދު އެ ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ޖެހިޖެހިގެން ކުރި ދެވަނަ ޓްވީޓްގައި ބުނެފައިވަނީ އެ ސާވިސްއިން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ރެހެންދި ފްލެޓް 5-ބީ އަލީ ހަމީދު މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފައި ކަަމަށެވެ.
އަލީ ހަމީދު މުހައްމަދު -- ސަން ފޮޓޯ/ފަޔާޒު މޫސާ
މައުލޫމާތު ލިބިފައިވާގޮތުގައި އެ ދެބޭފުޅުންވެސް ފުލުހުންވަނީ ލޯންޗެއްގައި ދޫނިދު އަށް ގެންގޮސްފައެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ގެ އެންމެ އިސްވެރިއާ ހަސަން ސައީދު ހުސައިން ވެސް ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.