ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު ކަމުން މުއާ ވަކިކޮށްފި

އަބްދުﷲ މުއާޒު --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޔޫތު މިނިސްޓްރީގެ ދަށުން ހިންގާ ނެޝަނަލް ސެންޓާރ ފޯރ ދި އާޓްސްގެ އެގްޒެކްޓިވް ކޯޑިނޭޓަރު ކަމުގެ މަގާމުން ފިލްތީތަރި އަބްދުﷲ މުއާޒު (މުއާ) ވަކިކޮށްފިއެވެ.

މަގާމުން ވަކިކުރިކަން މުއާޒު ވަނީ "ސަން"އަށް ޔަގީންކޮށްދެއްވާފައެވެ.

މުއާޒު ވިދާޅުވީ އޭނާ ރައީސް ޔާމީންގެ އަރިހުން އެދުނީ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕުރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ކަމަށާއި އެކަމަށް އެދުމުން ޖަވާބުގައި ކުރެއްވި ކަމަކީ މަގާމުން ވަކިކުރުން ކަމަށެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ އިއްޔެ ވަގުތެއްގައެވެ. ރައީސް އޮފީހުގެ ސްޓޭޓް އޮފް ޕްރެޒިޑެންޝިލަ އެފެއާޒް މުހައްމަދު މުޖްތާޒް ސޮއިކުރައްވާފައިވައި މުއާޒު އަށް ފޮނުވި ސިޓީއެއްގެ ކޮޕީ އޭނާ ވަނީ ޓްވީޓްކޮށްފައެވެ.

މުއާޒު މިއަދު މަގާމުން ވަކިކުރި އިރު މީގެ ދުވަސްކޮޅެއް ކުރިން މުއާޒު ވަނީ އޭނާ އޭރު ހިންގުމާ ހަވާލުވެހުރި އެންސީއޭގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާދެއްވާފައެވެ.

comment ކޮމެންޓް