ރަނގަޅުގޮތުގައި ލޭ ބޭނުން ކުރުމާ ބެހޭ ވޯކްޝޮޕެއް ބާއްވައިފި

ރަނގަޅު ގޮތުގައި ލޭ ބޭނުން ކުރުމާއި ބެހޭ ގޮތުން ބޭއްވި ވާކްޝޮޕް -- ސަން ފޮޓޯ/ ޖަަޒްލާން މުހައްމަދު

ރަނގަޅު ގޮތުގައި ލޭ ބޭނުން ކުރުމާއި، ބްލަޑް ބޭންކިން ޓްރާންފިއުޝަން މެޑިސިން އާބެހޭގޮތުން ވޯކްޝޮޕެއް ބާއްވައިފިއެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ އެ ވޯކްޝޮޕަކީ ބޭރުގެ ޖަމާއަތް ތަކެއް ކަމަށްވާ، އޭޝިއަން އެސޯސިއޭޝަން އޮފް ޓްރާންސްފިއުޝަން މެޑިސިން (އޭއޭޓީއެމް)، އިންޑިއަން އިމިއުނޯހިމެތެލޮޖީ އިނީޝިއޭޓިވް އިން އައިޖީއެމް އެޗްގެ ނޭޝަނަލް ހެލްތް ކެއާ އެކަޑަމީ އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ހިންގާ ވޯކްޝޮޕެކެވެ.

މިއަދު ހޮޓެލް ޖެންގައި އެ ވޯކްޝޮޕާ ބެހޭގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓެންޓް އިން ޕެތަލޮޖީ، ޑރ މިލްޒާ އަބްދުލް މުހުސިން ވިދާޅުވީ، ބޭރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ އެ ވޯކްޝޮޕަކީ ރާއްޖޭގެ ޑޮކްޓަރުންނާއި ނަރުހުންނާއި އަދި ލެބޯޓްރީގައި މަސައްކަތް ކުރާ ޓެކްނީޝަނުންނަށް ކުރިން ނޭގޭ އެތައް ކަމެއް ދަސްކޮށްދިނުމަށް ކުރިއަށްގެންދިޔަ ވޯކްޝޮޕެއް ކަމަށެވެ.

ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މޯލްޑިވިއަން ބްލަޑް ސާވިސްގެ ޕީޑިއެޓްރިކް ކޮންސަލްޓެންޓް، ޑރ އަހުމަދު އުމަރު ވިދާޅުވީ، އެ ވޯކްޝޮޕްގެ ސަބަބުން، ލޭ ބޭނުންކުރުމުގައި ގެންގުޅެންވީ އުސޫލުތަކަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދިޔަ ކަމަށެވެ. އަދި ސިއްހީ ހިދުމަތް ދިނުމުގައި ލޭގެ ބާވަތްތައް ބޭނުން ކުރުމުގައި ކުރިއަށް އޮތްތަނުގައި ކުރިއެރުން ލިބިގެންދާނެ ކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި މޯލްޑިވިއަން ބްލަޑް ސާވިސް ހިމެނޭގޮތަށް ކުމުލަ 70 ބައިވެރިންނާއެކު ކުރިއަށްގެންދާ އެ ވޯކްޝޮޕްގައި ލެކްޗާތައް ދެއްވީ، އެމެރިކާގެ ނޯތު ޝޯ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު ޑރ ޖޭމްސް ޓީ ޕާކިންސް، އިންޑިއާގެ ޑޮކްޓަރެއްކަމަށްވާ ސަންގީތާ ޕަތަކް، އެމެރިކާގެ ވިސްކޮންސިންގެ ބްލަންޑް ސެންޓަރުން ޑރ ސޫ ޖޯންސަން، ޕާކިސްތާންގެ ޑޮކްޓަރެއްކަމަށްވާ ފާރޫޤު ހަސަން އަދި ލަންކާގެ ޑޮކްޓަރެއްކަމަށްވާ ޑރ އަނަންދާ ގުނަސޭކަރާއެވެ.

އެމެރިކަން އެސޯސިއޭޝަން އޮފް ބްލަޑް ބޭންކް، އިމުކޯރް، ނޯތު ޝޯރް، ބްލަޑް ސެންޓާ އޮފް ވިސްކޮންސިން، އިންޑިއަން އިމިއުނޯހިމެތެލޮޖީ އިނީޝިއޭޓިވްގެ އިތުރުން ރާއްޖޭގެ ވިޔަފާރި ކުންފުނި އެސްޓީއޯއިން ސްޕޮންސާ ކޮށްގެން ބޭއްވި ވޯކްޝޮޕެކެވެ.

comment ކޮމެންޓް