މާކެޓިން ދާއިރާގެ ތަޖުރިބާކާރުން އެއް ފުރާޅެއްގެ ދަށަށް ގެނެސް މާކެޓާސް ފޯރަމް ފަށައިފި

މާކެޓިން ދާއިރާގެ ތަޖުރިބާކާރުން އެއް ފުރާޅެއްގެ ދަށަށް ގެނެސް ބާއްވާ މާކެޓާސް ފޯރަމްގެ ތެރެއިން -- ސަން ފޮޓޯ/ ޖަޒްލާން މުހައްމަދު

ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ)އިން ރާއްޖޭގައި ބާއްވާ ފުރަތަމަ މާކެޓާސް ފޯރަމް އެ ދާއިރާގެ ތަޖުރިބާކާރުންނާއެކު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގައި ފަށައިފިއެވެ.

ރާއްޖޭގެ އަދި ކައިރީ ގައުމުތަކުގެވެސް މާކެޓިން ދާއިރާގެ ތަޖުރިބާކާރުންނާއެކު ކުރިއަށްގެންދާ އެ ފޯރަމްގައި 200 އަށްވުރެ ގިނަ މީހުންވަނީ ބައިވެރި ވެފައެވެ.

މިއަދުގެ ފޯރަމްގައި، މާކެޓިން ދާއިރާއަށް އަލި އަޅުވާލައި ވާހަކަ ދެއްކެވި ބޭފުޅުން.

  • ސްރީލަންކާ އިންސްޓިޓިއުޓް އޮފް މާކެޓިންގެ ކޮންސަލްޓެންޓް، ޕަރަސަންނަ ޕެރޭރާ: ވާހަކަދެއްކެވީ "މުސްތަގުބަލުގައި މާކެޓިންގައި ގެންގުޅޭނެ އުކުޅުތައް"
  • ކޮލޮމްބޯ އިންސްޓިޓިއުޓް އޮފް ރިސާޗް އެންޑް ސައިކޮލޮޖީގެ ފަރާތުން، ޔޮޝިނީ ކޮރޭޝި: ވާހަކަދެއްކެވީ "މާކެޓިންގައި ސައިކޮލޮޖީގެ ދައުރު"
  • ތިންކް އެޑްވަޓައިޒިންގެ ސީއީއޯ، އަދީލް އިސްމާއިލް: ވާހަކަދެއްކެވީ "ރާއްޖޭގައި އިސްތިހާރުތައް ބަދަލުވަމުން އައިގޮތް"
  • ދިރާގުގެ ޗީފް މާކެޓިން އޮފިސަރު، އިޒަބެލް ހަޖްރީ: ވާހަކަދެއްކެވީ "ދިރާގުގެ ބްރޭންޑް ކާމިޔާބީއަކަށް ވެގެން އައިގޮތް"
  • އެލައިޑް އިންޝުއަރެންސްގެ މާކެޓިން މެނޭޖަރު، ނިއުޝާދު ޝަރީފް: ވާހަކަދެއްކެވީ "ޕްރޮޖެކްޓްތަކާއި ކެމްޕޭންތައް ހިންގުން"

އެމްޓީސީސީން ސްޕޮންސަރކޮށް ވެމްކޯ، އެސްޓީއޯ، އެމްސެވަން ޕްރިންޓްއިން ކޯ ސްޕޮންސާކޮށްގެން ބާއްވާ އެ ފޯރަމްގެ ކޭޓަރިން ޕާޓްނަރަކީ ސިމްފަނީއެވެ. އަދި މެރާކީ ކޮފީއާއި ޗަމްޕާ ސެންޓްރަލް ހޮޓެލްއަކީ ކޮފީ އަދި ހޮޓެލް ޕާޓްނަރުންނެވެ.

މިއަދު އެ ފޯރަމް ނިންމުމުގެ ގޮތުން ރާއްޖޭގެ އެކި ކުންފުނިތަކުން މާކެޓިން ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ގޮތައް ޕެނަލް ޑިސްކަޝަން އެއް ވަނީ ބާއްވާފައެވެ. އެ ޕެނަލްގައި އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު، އިސްމައިލް އަދުހަމް، މޯލްޑިވްސް ޕްރޮމޯޝަން ހައުސް ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް މަހުދީ އަދި ޕާސްޕެކްޓިވް މޯލްޑިވްސްގެ ސޭލްސް އެންޑް މާކެޓިން އެގްސެކެޓިވް ހުސައިން ޖަޒްލާންގެ އިތުރުން މޯލްދިވްސް ގެޓްއަވޭޒްގެ ސީއީއޯ ޑރ. ސަނީ އުމަރު ހިމެނެއެވެ. ޕެނަލް މޮޑަރޭޓުކޮށްދެއްވީ ކޯޕަރޭޓް މޯލްޑިވްސް އެކެޑަމީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު ރޯޝަންއެވެ.

މާކެޓާސް ފޯރަމަކީ މާކެޓިންގް ދާއިރާއަށް ޚާއްސަކޮށްގެން ބޭއްވި ޚާއްސަ ފޯރަމެކެވެ.

comment ކޮމެންޓް