ކުނިވެ ހަލާކުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ސޮނޭވާ މޫދުތެރެއިން ފެނިއްޖެ

ސޮނޭވާ މޭދުތެރެއިން ފެނުނު އިންސާނެއްގެ ހަށިގަނޑު ---

ގިނަ ދުވަސްތަކެއްވެ، ކުނިވެ ހަލާކުވެފައި އޮތް އިންސާނެއްގެ ހަށިގަނޑު ނ. ސޮނޭވާ ޖާނީ ރިސޯޓުގެ މޫދުތެރެއިން ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެފަދަ ރިޕޯޓެއް ލިބިގެން ފުލުހުންގެ ޓީމެއް އެ ރިސޯޓަށް ދަތުރުކުރަމުންދާ ކަމަށާއި އިތުރު ތަފްސީލް ފަހުން ދެއްވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސޮނެވާ ޖާނީ ރިސޯޓްގެ މޫދު ރޫމްތައް ކައިރިން އެ ހަށިގަނޑު ފެނިފައި ވަނީ މިއަދު ހެނދުނު އެވެ. އަދި ހަށިގަނޑު ފެނުނު އިރު ބޮލާއި ދެ އަތުގެ އިތުރުން ދެ ފައިގެ ވެސް އެއްބައި މަދެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ހަށިގަނޑުގެ މެދުގައި ވަނީ ވަލެއް ވެސް އައްސައިފަ އެވެ.

comment ކޮމެންޓް