ވަޒީފާ ދޭއިރު ގައުމުގެ ރައްޔިތުންނަށް އިސްކަންދޭން ސައުދީން ނިންމައިފި

ސައުދީ އަރަބިއާގައި ވަޒީފާ ނެތް މިހުންގެ އަދަދު މަދު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ވަކި ވަޒީފާތަކެއް ހަމައެކަނި އެގައުމުގެ ރައްޔިތުންނަށް ޚާއްސަކުރަން ނިންމައިފިއެވެ.

އެގައުމުގެ ލޭބާ މިނިސްޓްރީ އިން ބުނީ ޕްރައިވެޓް ސެކްޓާގެ 12 ދާއިރާއެއްގެ ވަޒީފާ ހަމައެކަނި ސައުދީ ރައްޔިތުންނަށް ދޭން ނިންމައި، އެކަން އަންގާފައިވާނެ ކަމަށެވެ. މިގޮތަށް އަމަލުކުރާނީ މިއަހަރުގެ ސެޕްޓެމްބަރުން ފެށިގެންނެވެ.

މި ނިންމުން ނިންމީ ސައުދީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.

ފާއިތުވި އަހަރު ސައުދީގައި ވަޒީފާނެތް މީހުންގެ ނިސްބަތް ވަނީ 12 އިންސައްތަ އިތުރުފެފައެވެ. މީގެ އިތުރުން ތެލުގެ ބާޒާރަށް އައި ބަދަލާއެކު އެގައުމުގެ އިގްތިސާދު ވަނީ މިދިޔަ އަހަރު ދަށަށް ގޮސްފައެވެ.

ސައުދީއަށް ބޮޑެތި ބަދަލުތައް ގެނައުމަށް އެގައުމުގެ ކްރައުންޑް ޕްރިންސް މުހައްމަދު ބިން ސަލްމާން ގެންދަވަނީ ބޮޑެތި މަސައްކަތްތައް ކުރައްވަމުންނެވެ. ސައުދީގައި 10 މިލިއަނަށްވުރެ ގިނަ ވަޒީފާގައި ބޭރު މީހުން އުޅޭކަމަށް ޕްރިންސް މުހައްމަދު ބިން ސަލްމާން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް