ސައުދީއަށް ފިތުރު އީދު ވާނީ ބުދަ ދުވަހަށް

ފޮޓޯ/ މޮރޮކޯ ވޯލްޑް ނިއުސް

ސައުދީ އަރަބިއާއިން އެގައުމަށް ފިތުރު އީދު ދުވަހަކީ ބުދަ ދުވަސް ކަމަށް ކަނޑައަޅައިފިއެވެ.

ސައުދީން މިރޭ ވަނީ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ މަސައްކަތްކޮށްފައެވެ.

ސައުދީ ގެޒެޓު ނޫހުން ވަނީ، މިރޭ ހަނދު ފެނިފައި ނުވާތީ މިފަހަރު ރޯދަމަސް 30 ދުވަހަށް ދެމިގެންދާނެ ކަމަށާއި އެގޮތުން ރޯދަމަހުގެ ފަހު ދުވަހަށް ވާނީ މާދަމާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެހެންވެ، ފިތުރު އީދު ވާނީ އޭޕްރިލް 10ވާ ބުދަ ދުވަހަށް ކަމަށް އެގައުމުން ނިންމާފައިވާ ކަމަށް އެ ނޫހުގައިވެއެވެ.

ފަލަކީ އިލްމުވެރިންނާއި ދީނީ ކޮމިޓީތަކުން ވަނީ ޝައްވާލް މަހުގެ ހަނދު މިރޭ ފެނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ކުރިން ލަފާކޮށްފައެވެ. އަދި ގިނަ މުސްލިމު ގައުމުތަކަށް ހަނދު ފެންނާނީ މާދަމާ ރޭ ކަމަށް ވެސް ފަލަކީ އިލްމުވެރިން ލަފާކުރެއެވެ.

comment ކޮމެންޓް