އަމިއްލަ އަށް ކުނި އުކުމަށް 3600 ގޭބީސީއަކުން ރެޖިސްޓްރީ ކޮށްފި

ވެމްކޯ ސައިޓްގައި އޮތް ކުނި ލޮރީއަކަށް ބިދޭސީއަކު ކުނި އަޅަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަމިއްލަ އަށް ކުނި އުކަން ބޭނުންވާ ގޭބިސީތަކުގެ އަދަދު 3،600 އަށް އަރާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

ވެމްކޯ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރަޖިސްޓްރީ ނުކޮށް ކުނިއުކާ މީހުންގެ އަތުން މާދަމަ އިން ފެށިގެން ގޭޓްފީ ނަގަން ނިންމުމާ އެކު، އަމިއްލަ އަށް ކުނި އުކުމަށް 3،600 މީހުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ.

ވެމްކޯ އިން ބުނީ އަމިއްލަ އަށް ކުނި އުކަން ރެޖިސްޓްރީވެފައިވާ ފަރާތްތަކުން ދުވާލަކު އެއް ފަހަރަށް ވުރެ ގިނަ އިން ކުނި އުކާ ނަމަ، ކޮންމެ ފަހަރަކު 30 ރުފިޔާގެ ގޭޓްފީއެއް ދައްކަން ޖެހޭނެ ކަމަށެވެ.

ވެމްކޯ އިން އިތުރަށް ބުނީ އަމިއްލައަށް ކުނި އުކަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ވެމްކޯގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ވިލެޖްގެ ވެމްކޯ ފްރަންޓް އޮފީހަށް ވަޑައިގެން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވަލެވިފައިވާ ކަމަށެވެ.

ވެމްކޯގެ މުވައްޒަފުން ގޭބިސީތަކަށް ގޮސްގެން ކުނި އުކައިދެނީ މަހަކު 150 ރުފިޔާ އަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް