އުރީދޫއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 140 މިލިޔަން ރުފިޔާގެ ފައިދާއެއް

އުރީދޫ މޯލްޑިވްސްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސްއަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 140.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އުރީދޫ މޯލްޑިވްސްއިން ނެރުނު، 2017ގެ ހަތަރުވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، އުރީދޫއަށް އާމްދަނީގެ ގޮތުގައި 472.5 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން ޚަރަދުތައް ކެނޑުމަށްފަހު ހަތަރުވަނަ ކުއާޓަރުގެ ފައިދާއަށް ލިބުނީ 140،825،000 ރުފިޔާއެވެ.

ދެހާސް ސޯޅަވަނަ އަހަރުގެ ފަހު ކުއާޓަރުގައި އުރީދޫއަށް ލިބުނު ފައިދާއަކީ 110.9 މިލިޔަން ރުފިޔާއެވެ.

އުރީދޫއިން ބުނީ 2017ގެ ހަތަރުވަނަ ކުއާޓަރުގައި އާމްދަނީ އިތުރުވީ ރޯމިންގް އަދި ޑޭޓާ ރެވެނިއު އިތުރުވެގެން ކަމަށެވެ.

އުރީދޫގެ މެޖޯރިޓީ ހިއްސާދާރަކީ 90.5 ޕަސަންޓު ހިއްސާއާ އެކު، ގަތަރުގެ ވަތަނިއްޔާ އިންޓަނޭޝަނަލެވެ. ބާކީ 9.5 ޕަސަންޓު ހިއްސާ ވަނީ ރާއްޖޭގައި އާންމުންނަށް ވިއްކައިފައެވެ.

އުރީދޫ މޯލްޑިވްސް ޕލކގެ ފުރަތަމަ އަހަރީ އާންމު ޖަލްސާ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ ތެރޭގައެވެ.

comment ކޮމެންޓް