އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ފެޑެރާގެ 20 ވަނަ ގްރޭޑް ސްލޭމް އުފުލާލައިފި

އޮސްޓްރޭލިއަން އޯޕަން ތަށްޓާއެކު ރޮޖާ ފެޑެރާ --- ފޮޓޯ/ އޭޕީ

އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް ސްވިޒަލޭންޑްގެ ރޮޖާ ފެޑެރާ އޭނާގެ 20 ވަނަ ގްރޭންޑް ސްލޭމް އުފުލާލައިފިއެވެ.

މިއީ ފެޑެރާގެ ކެރިއަރުގައި އޮސްޓްރޭލިއަން އޯޕަން މުބާރާތް ކާމިޔާބުކުރި ހަވަނަ ފަހަރެވެ. ޖެހިޖެހިގެން ދެވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ފެޑެރާވަނީ އެ މުބާރާތް އެންމެގިނައިން ކާމިޔާބުކޮށްފައިވާ ނޮވާކް ޖޮކޮވިޝްގެ ރެކޯޑާ ހަމަކޮށްފައެވެ.

މިއަދު ކުޅުނު އޮސްޓްރޭލިއަން އޯޕަން ފައިނަލްގައި ފެޑެރާ، ކްރޮއޭޝިއާގެ މަރިން ސިލިޗް ބަލިކުރީ ވާދަވެރި ކުޅުމަކަށްފަހުގައެވެ. މެޗުގެ ފުރަތަމަ ސެޓު 6-2 އިން ފެޑެރާ ގެންދިޔަ ނަމަވެސް ދެވަނަ ސެޓު 6-7 އިން ގެންދިޔައީ ސިލިޗެވެ.

ތިންވަނަ ސެޓު ފެޑެރާ ގެންދިޔައީ 6-3 ގެ ނަތީޖާއަކުންނެވެ. ހަތަރުވަނަ ސެޓުގައި ސިލިޗްވަނީ އަނެއްކާވެސް މޮޅު ކުޅުމެއް ދައްކާ 6-3 އިން ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް ފެޑެރާވަނީ ފަހު ސެޓު 6-1 ގެ ނަތީޖާއަކުން ގެންގޮސް ޗެމްޕިއަންކަން ޔަގީން ވެފައެވެ.

ފެޑެރާ އަދި ސިލިޗް: މިދިޔަ ނޮވެމްބަރު މަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރިއިރު ފަރިތަކުރުމުން މުބާރާތުގައި ލިބުނު ކާމިޔާބީއާ ގުުޅުމެއް ވާކަމަށް ފެޑެރާ ބުނެފައިވޭ --- ފޮޓޯ/ އޭޕީ

މެޗަށްފަހު ވާހަކަ ދައްކަމުން ފެޑެރާބުނީ އޭނާގެ ޓީމަކީ ސަޕޯޓަރުން ކަމަށާއި، ސަޕޯޓަރުން ދެއްވާ ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މުބާރާތްތަކުގައި ހަރަކާތްތެރިވާ އެންމެނެށާއި 20 ވަނަ ގްރޭންޑް ސްލޭމްއަކީ ވަރަށް ހާއްސަ ތަށްޓެއް ކަމަށް ފެޑެރާ ބުންޏެވެ. މެޗަށްފަހު ވާހަކަ ދެއްކިއިރު ފެޑެރާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބަމުންދިޔަކަން ފާހަގަކޮށްލެވުނެވެ.

ފައިނަލަށް ފަހަ ވާހަކަ ދެއްކިއިރު ފެޑެރާއަށްވަނީ ރޮވިފަ --- ފޮޓޯ/ އޭޕީ

އުމުރުން 36 އަހަރުގެ ރޮޖާ ފެޑެރާއަކީ މިހާތަނަށް ދުނިޔެ ދުތް އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާއެވެ. އޭނާގެ 20 ގްރޭންޑް ސްލޭމް ރެކޯޑާއި އެންމެ ގާތްކޮށްލެވެނީވެސް 15 ގްރޭންޑް ސްލޭމް ހޯދާފައިވާ ރަފޭލް ނަޑާލްއަށެވެ.

comment ކޮމެންޓް