ދިރާގު ޓީވީއާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ކުޅުދުއްފުއްޓަށް

ހދ. ކުޅުދުއްފުއްޓަށް ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއި އެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ހދ. ކުޅުދުއްފުށީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މި ދެ ހިދުމަތް ތައާރަފްކުރުމުގެ ގޮތުން އެ ރަށުގައި ދިރާގުން ވަނީ ކުލަގަދަ ހަފްލާއެއް ބާއްވާފައެވެ. ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގުޓީވީގެ އިންޓްރަޑަކްޓަރީ ޕެކޭޖްގައި 80 އަށް ވުރެ ގިނަ ޗެނަލް ހިމެނޭއިރު އެ ޕެކޭޖުގެ އަގަކީ 300 ރުފިޔާއެވެ.

ހދ. ކުޅުދުއްފުއްޓަށް ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

މިގޮތުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީގެ ޗެނެލްތަކުން ފެށިގެން ގޮސް ހަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނެލްތައް ހިމެނެއެވެ.

ދިރާގު ޓީވީ އަކި ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން ޒަރީއާއިން ޖޯއިބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތަކަށް ވިޔަސް ދިރާގު ޓީވީ ބަލާކަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގުމުގެ އިތުރުން އިންޓަނެޓްގެ ޑައުންލޯޑް ލިމިޓް (ޔޫސޭޖް އެލަވަންސަކަށް) އަސަރެއްނުކުރާނެ ކަމަށް ދިރާގުން ބުނެއެވެ.

ހދ. ކުޅުދުއްފުއްޓަށް ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. އަދި އެ ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުއި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ އެއް ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެކެވެ.

ދިރާގުން ދަނީ މިހާރު ވެސް ދިރާގު ޓީވީ އަދި ފައިބާގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. އެ ޕްރޮމޯޝަނުގައި ދިރާގު ފައިބާ ހިލޭ ގުޅައި ދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަގާ ކޮންމެ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހު ފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބެއެވެ.

ހދ. ކުޅުދުއްފުއްޓަށް ދިރާގު ޓީވީ އާއި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ދިރާގުގެ ފައިބަ ޓު ދަ ހޯމް، މާލެ، ވިލިމާލެ އަދި ހުޅުމާލެގެ އިތުރުން 17 އަށްވުރެ ގިނަ ރަށަށް ވަނީ ފޯރުކޮށްދީފައެވެ.

comment ކޮމެންޓް