2042 އަންނަ އިރު ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަރަކަށް ބިލްގޭޓްސް ވެދާނެ!

ބިލް ގޭޓްސް ---

ދެހާސް ސާޅީސް ދޭއް އަންނަ އިރު ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިޔަނަރަކަށް މައިކްރޯސޮފްޓްގެ ބާނީ، ބިލްގޭޓްސް ވެދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބިލްގޭޓްސްގެ މާލިއްޔަތުގައި މިހާރު ހުރި ވަރަށް ބަލާއިރު ޓްރިލިއަން ޑޮލަރު ހަމަކުރުމަށް ބޭނުންވާނީ ގާތްގަނޑަކަށް 915.6 ބިލިއަން ޑޮލަރެވެ.

ވެލްތް އެންޑް އިންއީކުއެލިޓީ ރިޕޯޓެއްގައި ބުނީ ފާއިތުވި 10 ވަރަކަށް އަހަރު ތެރޭ ބިލްގޭޓްސްގެ މާލިއްޔަތު ކުރިއަރާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 25 ވަރަކަށް އަހަރު ތެރޭ އޭނާގެ މިލްކިއްޔާތުގައި ޓްރިލިއަން ޑޮލަރު ހުންނާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ރިޕޯޓުގައި ވެއެވެ.

އޮކްސްފަމް އިން އާންމު ކުރި އެ ރިޕޯޓުގައި ބުނީ 2009 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގައި 793 ބިލިއަނަރުން ތިބި ކަމަށެވެ. އެ ހުރިހާ އެންމެންގެ މިލްކިއްޔާރު އެއްކޮށްލުމުން 2016 ވަނަ އަހަރު ޖުމްލަ 2.4 ޓްރިލިއަން ޑޮލަރު ހަމަވާ ކަމަށް އެ ރިޕޯޓުގައި ވެއެވެ.

އަހަރެއްގެ މައްޗަށް އެމީހުންގެ ނެޓް ވޯތު ފަސް ޓްރިލިއަން ޑޮލަރަށް ކުރިއަރައެވެ.

ފޯބްސް އިން އާންމުކުރާ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ ތިންވަނައަށް ބިލްގޭޓްސް ވެއްޓިފައިވާއިރު އޭނާއަށް ލިބޭ އާމްދަނީއަށް ބަލައި މީގެ 25 އަހަރު ފަހުން ޓްރިލިއަނަރުންގެ ލިސްތުގައި އިންނާނެ ހަމައެކަނި ނަމަކީ ބިލްގޭޓްސްގެ ނަން ކަމަށް ވަނީ ބެލެވިފައެވެ.

comment ކޮމެންޓް