އައިއެސްއާ ގުޅުނު ޖަރުމަނު އަންހެނަކަށް އިރާގުން މަރުގެ ހުކުމްކޮށްފި

އިރާގުން ވަނީ ޖަރުމަނުގެ އަންހެނެއްގެ މައްޗަށް މަރުގެ ހުކުމްކޮށްފައި -- ފޮޓޯ: އޭއެފްޕީ

ބަޣުދާދު (ޖެނުއަރީ 22): އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުނު ޖަރުމަނުގެ އަންހެނަކަށް އިރާގުގެ ކޯޓަކުން މަރުގެ ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރު މޫސަލް އިން ހައްޔަރު ކުރި އެ އަންހެންމީހާއަށް މަރުގެ ހުކުމް ކުރީ އިރާގުގެ ސަލާމަތީ ފައުޖުތަކަށް ދިން ހަމަލާތަކުގައި ބައިވެރިވިކަން ސާބިތުވުމުންނެވެ.

ކޯޓުން ބުނި ގޮތުގައި އެއަންހެން މީހާ އައިއެސްއާ ގުޅުމަށް ޖަރުމަނުން އިރާގަށް ދަތުރުކޮށްފައި ވަނީ އޭނާގެ ދެ އަންހެން ދަރިންނާއެކު އެވެ. އެ ދެ އަންހެނުން މިހާރު ވަނީ އައިއެސްގެ މެމްބަރުންނާ ކައިވެނިކޮށްފައި ކަމަށްވެސް ކޯޓުން ހާމަ ކުރި އެވެ.

ރިޕޯޓުތަކުގައިވާ ގޮތުން އެއީ އައިއެސްއާ ގުޅުމުގެ ސަބަބުން އިރާގުން މަރުގެ ހުކުމް ކުރި ފުރަތަމަ ބޭރު ގައުމަކަށް ނިސްބަތްވާ އަންހެން މީހާ އެވެ. އަދި އެގައުމުން ވަނީ މިދިޔަ އަހަރު މޫސަލް މިނިވަން ކުރުމަށް ކުރި ހަނގުރާމައިގައި އައިއެސްއާ ގުޅުން ހުރި ގިނަ އަދަދެއްގެ ބޭރު މީހުން ހައްޔަރުކޮށްފައި ކަމަށް އެރިޕޯޓުތަކުގައިވެއެވެ.

ދެހާސްސާދަ ވަނަ އަހަރު އިރާގުގެ ތިން ބައި ކުޅަ އެއްބައިގެ ކޮންޓްރޯލް އޮތީ އައިއެސްގެ އަތް ދަށުގައި ނަމަވެސް މިދިޔަ މަހު އެގައުމުގެ އަސްކަރިއްޔާއިން ވަނީ އިރާގުން އައިއެސް ނައްތާލާފައިވާ ކަމަށް ބުނެފައެވެ. (ބީބީސީ)

comment ކޮމެންޓް