މިކިތާރިއަން އާސެނަލްއަށް ދާން އެއްބަސްވެއްޖެ، ސަންޗޭޒް ޔުނައިޓެޑަށް ދާން ތައްޔާރު

މެންޗެސްޓާ ޔުނައިޓެޑްގެ އަރްމީނިއާ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން -- ފޮޓޯ/ ގާޑިއަން

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ހެންރިކް މިކިތާރިއަން އާސެނަލްއަށް ދާން އެއްބަސްވެ، އެލެކްސިސް ސަންޗޭޒްއާ ބަދަލުކޮށްލުމަށް ދެ ކްލަބުން ތައްޔާރުވެފައިވާ ކަމަށް ބީބީސީ އިން ރިޕޯޓް ކޮށްފިއެވެ.

ބީބީސީ ރިޕޯޓްގައި ބުނެފައިވަނީ ކުރިންވެސް އާސެނަލް ދޫކޮށް ޔުނައިޓެޑަށް ދިއުމަށް ސަންޗޭޒް ހުރީ ތައްޔާރަށް ކަމަށާއި، ދެ ކްލަބަށް އެއްބަސްވުމަކަށް ނާދެވި އޮތީ މިކިތާރިއަން އާސެނަލަށް ދާން އެއްބަސް ނުވެ އޮތުމުން ކަމަށެވެ.

ބީބީސީ ބުނާގޮތުން މިއަދުގެ ވަގުތެއްގައި ސަންޗޭޒް ޔުނައިޓެޑްގެ މެޑިކަލް ހަދާނެއެވެ. އަދި މިކިތާރިއަންގެ މެޑިކަލް މާދަމާއަށް ހަމަޖެހިފައިވާއިރު، އޭނާގެ މުސާރައާއި ކޮންޓްރެކްޓްގެ އިތުރު މައުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.

ރޭ އާސެނަލް ކުޅުނު މެޗުން އެޓީމުު މޮޅުވެފައިވާއިރު، ޓީމާއެކު ސަންޗޭޒް ދަތުރެއް ނުކުރެއެވެ. އަދި ވެންގާ ބުނެފައިވަނީ ސަންޗޭޒަށް އުތުރަށް ދަތުރު ކުރަމުން އެއްވަގުތެއްގައި މެޗު ނުކުޅެވޭނެ ކަމަށެވެ. ބެލެވޭގޮތުގައި އޭނާ އުތުރު މާނަ ކޮށްފައިވަނީ މެންޗެސްޓާއަށެވެ.

ރޭ ޕްރިިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު ކާމިޔާބުކޮށްފައިވާއިރު، ކޯޗު ހޯޒޭ މޮރީނިއޯ ސަންޗޭޒްގެ ޓްރާންސްފާއާ ގުޅިގެން ކުރި ސުވާލުގެ ޖަވާބަކަށް ބުނެފައިވަނީ ސަންޗޭޒް ޔުނައިޓެޑަށް ދިޔުން އޮތީ ވަރަށް ކައިރީގައެވެ.

ދެހާސް ސޯޅަ ވަނަ އަހަރުގެ ޓްރާންސްފާ ސީޒަންގައި ބޮރޫޝިއާ ޑޯޓްމަންޑުން ޔުނައިޓެޑަށް ބަދަލު މިކިތާރިއަންއަށް އޭނާގެ އެންމެ މޮޅު ކުޅުން ޔުނައިޓެޑްގައި ދެއްކިފައެއް ނުވެއެވެ. މި ސީޒަންގައި 22 މެޗު ކުޅެ 13 ގޯލް ޖަހައިފައިވާ މިކިތާރިއަންއަކީ މޮރީނިއޯ މާ ބޮޑަށް ގަޔާވާ ކުޅުންތެރިއެއް ނޫނެވެ.

ޔޫރަޕުގެ ބޮޑެތި ކްލަބުތަކަކުން ލޯ އަޅަމުންދާ ސަންޗޭޒްވަނީ އާސެނަލަށް ކުޅުނު 166 މެޗުން 80 ގޯލް ޖަހައިދީފައެވެ.

comment ކޮމެންޓް