ޕާކިސްތާނުގެ އަވަށެއްގައި ވެލެންޓައިންސް ދުވަސް ފާހަގަ ކުރުން މަނާކޮށްފި

ޕާކިސްތާުނުގެ ކޮހަތް ޑިސްޓްރިކްޓުގެ ފިހާރަތަކުން ވެލެންޓައިންސް ދުވަހާ ގުޅޭ ކާޑު ފަދަ ތަކެތި ވިއްކުން ވަނީ މަނާކޮށްފައި --

އިސްލާމްއާބާދު (ފެބްރުއަރީ 13): ޕާކިސްތާނުގެ ހުޅަނގުއުތުރު ސަރައްހައްދުގައި ވެލެންޓައިންސް ދުވަސް ނުވަތަ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން މަނާކޮށްފި އެވެ.

ޕާކިސްތާނުގެ ކޭޕީކޭ ޑިސްޓްރިކްޓް ކައުންސިލުން ވަނީ އެޑިސްޓްރިކްޓުގެ ފިހާރަތަކުންނާއި މާރުކޭޓުތަކުން ވެލެންޓައިންސް ދުވަހާ ގުޅޭ ކާޑާއި އެފަދަ އެހެނިހެން ތަކެތި ވިއްކުން މަނާކުރުމަށް ފުލުހުންނަށް އަންގައިފަ އެވެ.

"ވެލެންޓައިންސް ޑޭ ފާހަގަ ކުރުން މަނާކުރީ އެދުވަސް ފާހަގަ ކުރުމަކީ އިސްލާމް ދީނާ ދެކޮޅު ކަމަކަށްވާތީ،" ކޭޕީކޭ ޑިސްޓްރިކްޓްގެ އެޑްމިނިސްޓްރޭޓަރު، މައުލާނާ ނިއާޒް މުހައްމަދު ވިދާޅުވި އެވެ.

މީގެ އިތުރުން، އެފަދަ ދުވަސްތައް ފާހަގަ ކުރުމުގެ ސަބަބުން މުޖުތަމައުގައި ނޭދެވޭ އަމަލުތައް އާއްމުވުމަށް މަގުފަހިވެދާނެ ކަމަށް މުހައްމަދު ވިދާޅުވި އެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމާއާބާދުގައި ވެސް ވެލެންޓައިންސް ދުވަސް ފާހަގަ ކުރުން މަނާ ކުރިމަށް ހަބަރު ފެތުރެނެވެ. ނަމަވެސް، އިސްލާމްއާބާދުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެހަބަރުތައް ދޮގުކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް