ކައިވެނީގެ ހަދިޔާއަކަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ފޮޓޯއެއް

ކައިވެނީގެ ހަދިޔާއަކަށް ޕާކިސްތާނުގެ ކުރީގެ ރައީސް އިމްރާން ހާންގެ ފޮޓޯ ހަދިޔާ ކުރަނީ. ފޮޓޯ/އެންޑީޓީވީ

ކައިވެނީގެ ދުވަހު ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ފޮޓޯ ފްރޭމެއް އަނބިމީހާއަށް ހަދިޔާކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެއްޖެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އަނބިމީހާއަށް އޭނާ ދޭން ގެނައި ހަދިޔާ ހުޅުވަނީ ފިރިމީހާއެވެ. އެއާއެކު ފޮޓޯ ފްރޭމް ފެނުމުން އަނބިމީހާ ހޭ ތަން ވީޑިއޯއިން ފެނެއެވެ.

އޭޕްރީލް 30 ވަނަ ދުވަހު އެކްސްގައި ހިއްސާކޮށްފައިވާ އެ ވީޑިއޯއަށް މިހާތަނަށް 6،83،000 އަށް ވުރެ ގިނަ ވިއުސް އާއި 1،600 ލައިކްސް ލިބިފައިވާއިރު، އާދަޔާ ހިލާފު އެ ހަދިޔާއަށް ސޯޝަލް މީޑިއާގައި ތަފާތު ކޮމެންޓުތައް ލިބިފައިވެއެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި އެއީ ޕާކިސްތާނުގެ ކައިވެނިތަކުގައި މިހާރު އާންމު ކަމެކެވެ.

އަދި އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއިން ދައްކައިދެނީ އިމްރާން ހާނަށް އޮތް ލޯބި ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.

ބައެއް މީހުން އެކަމަށް ފާޑުކިޔައިފައިވާއިރު އެއީ ތަންކޮޅެއް އާދަޔާ ހިލާފު ކަމެއް ކަމަށް ވެސް އެމީހުން ބުންޏެވެ.

ދެހާސް އަށާރައިން 2022 އަށް ޕާކިސްތާނުގެ ވެރިކަން ކުރެއްވި އިމްރާން ހާން މިހާރު އަންނަނީ ރިޝްވަތުގެ މައްސަލަތަކެއްގައި ޖަލު ހުކުމް ތަންފީޒުކުރައްވަމުންނެވެ. ރިޝްވަތުގެ ގޮތުގައި ލިބުނު ހަދިޔާތަކެއް ގަބޫލުކުރިކަމުގެ ތުހުމަތުގައި އިމްރާނަށް އިއްވައިފައި ވަނީ 14 އަހަރުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް