އެެއްޗެހިތަކެއް ނެގީ ވައްކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ކޯޓުގައި ބުނެފި

ކުރިމިނަލް ނޯޓް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ވައްކަމުގެ މައްސަލައެއްގައި އިއްޔެ މާލެއިން ހައްޔަރު ކުރި މީހަކު ފިހާރައަކުން އެއްޗެހިތަކެއް ނެގީ ވައްކަން ކުރުމުގެ ނިޔަތުގައި ނޫން ކަމަށް ކޯޓުގައި ބުނެފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުން އެނގޭގޮތުގައި މި މައްސަލާގައި އިއްޔެ ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފައިވަނީ އައްޑު އަތޮޅަށް ނިސްބަތްވާ 26 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.

މީނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ވައްކަމުގެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާތާ އެއްގޮތަށް ކަމަށް ވެސް ބުނެފައިވެއެވެ.

އޭނާ ކޯޓުގައި ބުނެފައިވަނީ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ގާނޫނީ އިންޒާރު ނުދޭ ކަމަށެވެ. އޭނާ ނެގި ތަކެތި ހަވާލު ކުރި ކަމަށާއި އެއީ ވައްކަން ކުރުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށް ވެސް އޭނާ ކޯޓުގައި ބުންޏެވެ.

އަދި އޭނާ ވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ ފިހާރައިގެ މެނޭޖަރު ވެސް އޭނާގެ މައްޗަށް ދައުވާ ކުރަން ބޭނުން ނުވާ ކަމަށް ބުނި ކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި މި މައްސަލާގެ ތުހުމަތު ކުރެވޭ މީހާއަކީ މިފަދަ ކުށުގެ ރެކޯޑް ގިނަ މީހެކެވެ.

comment ކޮމެންޓް