ރޭސިން ސައިކަލުން ޖެހި އެކްސިޑެންޓުވީ މީހާ އަދިވެސް އައިސީޔޫގައި

ޑިސެމްބަރު، 20، 2019: މަގުމަތި: ހުޅުމާލޭގައި ރޭސިން ސައިކަލަކުން ޖެހި އެކްސިޑެންޓުވީ މީހާ އަދިވެސް އޮތީ އައިސީޔޫގައި -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މިދިޔަ ހުކުރު ދުވަހުގެ ރޭ ތަރާވީހު ނަމާދުކޮށްގެން ގެއަށް ދިޔަ މަގުމަތިން ރޭސިން ސައިކަލަކުން ޖެހުމުން އަނިޔާވި އުމުރުން ދުވަސްވީ މީހާއަށް އަދިވެސް ފަރުވާ ދެނީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް އާއިލާއިން މިއަދު ބުނެފިއެވެ.

އެ އެކްސިޑެންޓް ހިނގީ ހުޅުމާލޭ، ރަޝީދު މިސްކިތުން ފައިބައިގެން ގެއަށް ދިޔަ އުމުރުން 67 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ރޭސިން ސައިކަލެއް ޖެހިގެން ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

އެ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ދަރިފުޅު މުޙައްމަދު ސައިފް އޭނާގެ ބައްޕަގެ މިހާރުގެ ހާލަތު "ސަން"އާ ހިއްސާ ކުރަމުން ބުނީ އެކްސިޑެންޓުގައި ފަސް އިންޗިއަށްވުރެ ބޮޑަށް ބޯފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ އެޅުނު ކަމަށެވެ. އަދި، މިހާރު އެ ލޭތައް ވިރެން ފެށުމުގެ ސަބަބުން ސިކުނޑި ދުޅަވާކަމަށް އޭނާ ބުންޏެވެ.

"އެހެންވީމަ މިހާރު ފަރުވާ ދެނީ ސިކުނޑު ދުޅަވުން ހުއްޓުމަށް. މި ފަރުވާ ކާމިޔާބު ވެއްޖެއްޔާ ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ،" ސައިފް ބުންޏެވެ.

https://sun.mv/190225

މީގެ އިތުރުން، އޭނާ ބުނީ އެކްސިޑެންޓުގެ ސަބަބުން އޭނާގެ ބައްޕަގެ ފުއްޕާމޭގައި ރެނދެއްލާފައިވާ ކަމަށެވެ. އަދި، ފުއްޕާމޭ އިންފެކްޓްވެފައިވާކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓް ހިނގި ރޭ ފުލުލުން ވަނީ މި ކަމާ ގުޅިގެން 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފަހުން ފުލުހުން ހިއްސާއެއް ނުކުރެއެވެ.

ފޮނިބޮޑުކޮށް، ގަވާއިދާ ހިލާފަށް ދުއްވާ މީހުންގެ ސަބަބުން ރާއްޖޭގައި އެތައް ބައެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ނުކުޅެދޭ ހާލަތަށް ގޮސްފައި އެބަހުއްޓެވެ.

ނަމަވެސް މި ފަދަ މައްސަލަތައް އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ. މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތައް ވަނީ ނުކުޅެދިފައެވެ.

comment ކޮމެންޓް