އަރަބިއްޔާގެ ޕްރިންސިޕަލް މަގާމުން ވަކިކުރީ ގޯސްކޮށް ކަމަށް ނިންމައި، އަލުން މަގާމު ދޭން އަންގައިފި

އަރަބިއްޔާ ސްކޫލުގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުން ވަކިކޮށްފައި ވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި އެ މަގާމު އޭނާއަށް އަނބުރާ ދިނުމަށް ވަޒީފާއާ ބެހޭ ޓްރިބިއުނަލުން މިއަދު އަންގައިފިއެވެ.

އަރަބިއްޔާގެ ޕްރިންސިޕަލްގެ މަގާމުން ޝުޖާއު ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އޭނާ މަގާމުން ވަކިކުރީ އެ ސްކޫލުގެ ބެލެނިވެރިން ކުރިއަށްގެންދާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވަން މަސައްކަތް ނުކުރާކަމަށް ބުނެއެވެ.

https://sun.mv/170061

ޓްރިބިއުނަލުން މިފަދައިން ނިންމިކަން ހާމަކޮށްފައި ވަނީ ޝުޖާއުގެ ގާނޫނީ ވަކީލު އަލީ ސައީދު ކުރެއްވި ޓްވީޓެއްގައެވެ.

ޝުޖާއު މަގާމުން ވަކިކުރުމާ ގުޅިގެން އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ، މިބަދަލަކީ އަރަބިއްޔާ ސްކޫލުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް މިނިސްޓްރީން ގެނައި މުހިންމު ބަދަލެއް ކަމަށާއި ޝުޖާއު މަސައްކަތް ކުރައްވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓެއްގައި ކަމަށެވެ.

ޝުޖާއު މަގާމުން ވަކި ކުރުމަށްފަހު އެ މަގާމަށް ވަގުތީ ގޮތުން އައްޔަން ކުރީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހު ޓްރިބިއުނަލުން ވަނީ ޝުޖާއު މަގާމުން ވަކިކުރި މައްސަލަ ނިމެންދެން އެމަގާމަށް އެހެން މީހަކު އައްޔަން ނުކުރުމަށް އަމުރު ކޮށްފައެވެ.

https://sun.mv/170684

ޝުޖާއު މަގާމުން ވަކިކޮށްފައި ވަނީ އަރަބިއްޔާ ސްކޫލް ހިންގާ ވަގުތީ އިމާރާތުގެ ހާލަތާއި، އައު އިމާރާތެއްގެ މައްސަލައިގައި ބެލެނިވެރިން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕެއިނެއް ކުރިއަށް ގެންދިޔަ ދަނޑިވަޅެއްގައެވެ.

މިހާރު އަރަބިއްޔާ ހިންގަނީ ދަރުމަވަންތަ ސްކޫލުގެ ކުރީގެ ވަގުތީ އިމާރާތުގައެވެ.

comment ކޮމެންޓް