އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް: ރާއްޖެއިން ޖަޕާން ބަލިކޮށްފި

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް 2022ގައި ޖަޕާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ނެޓްބޯލް ސިންގަޕޯ

ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް 2022ގައި ރާއްޖެއިން ޖަޕާނުގެ މައްޗަށް ކުރި ހޯދައިފިއެވެ.

އެ މުބާރާތުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ޖަޕާނާ ވާދަކޮށް ރާއްޖެ މޮޅުވީ 56-21ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެ މެޗުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖެއިން ވަނީ 21 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. ރާއްޖޭގެ ޓީމުން 28 ޕޮއިންޓު ކާމިޔާބުކުރިއިރު ޖަޕާނަށް ކާމިޔާބުކުރެވުނީ ހަތް ޕޮއިންޓެވެ.

މެޗުގެ ހަތަރު ކުއާޓަރު ނިމުނު އިރު ރާއްޖެއަށް 56 ޕޮއިންޓު ލިބުނު އިރު ޖަޕާނަށް ލިބިފައި ވަނީ 21 ޕޮއިންޓެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފުރަތަމަ މެޗު ކުޅުނީ އިއްޔެ ސިންގަޕޫރާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ ބަލިވީ 96-10ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް 2022ގައި ޖަޕާނާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ނެޓްބޯލް ސިންގަޕޯ

ނަމަވެސް މިއަދު ރާއްޖޭގެ ޓީމު މޮޅުވުމާއެކު ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައި ރާއްޖެ ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ގުރޫޕް ބީގައި ރާއްޖެއާއެކު ދެން ހިމެނިފައިވަނީ ސިންގަޕޫރާއި ޖަޕާންއެވެ.

މިއަހަރު ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި 11 ޓީމަކުން ބައިވެރިވެއެވެ. އެ މުބާރާތް ކުރިއަށް ދަނީ މި މަހުގެ ތިން ވަނަ ދުވަހުން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.

comment ކޮމެންޓް