ކުރިންވެސް ޕާޓީގެ މަސްލަހަތެއް އިސްނުކުރަން، ދެންވެސް ނުކުރާނަން: އަލްހާން

އަލްހާންގެ ފަރާތުން ސީހައުސްގައި ރޭ ބޭއްވި އޯޕެން މައިކް ޑިނާ ނައިޓްގެ ތެރެއިން--- ފޮޓޯ: އަލްހާން/ ޓުވިޓާ

ކުރިންވެސް ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރިއިރު ޕާޓީގެ މަސްލަހަތު އިސްނުކޮށް އިސްކުރީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި ދެންވެސް އިސްކުރާނީ ރަައްޔިތުންގެ މަސްލަހަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ޖުމްހޫރޯ ޕާޓީގެ ފަރާތުން މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާއަށްވެސް ވާދަކުރައްވާ އަލްހާންގެ ފަރާތުން ސީހައުސްގައ ރޭ ބޭއްވި އޯޕެން މައިކް ޑިނާ ނައިޓްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވާންޖެހޭނީ އޭރަކު އޮންނަ ސަރުކާރަކާ އޭނާ ނިސްބަތްވާ ޕާޓީއަށްް ބެލުމަކާ ނުލާ ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރާ މީހަކަށް ކަމަށެވެ.

އަލްހާންގެ ފަރާތުން ސީހައުސްގައި ރޭ ބޭއްވި އޯޕެން މައިކް ޑިނާ ނައިޓްގެ ތެރެއިން--- ފޮޓޯ: އަލްހާން/ ޓުވިޓާ

" އޭގެ މާނައަކީ އޭރަކު އޮންނަ ސަރުކާރަކުން ރައްޔިތުންނަށް މަންފާ ހުރި ކަންތައްތަކެއް ކުރާކަމަށްވާނަމަ ޕާޓީއަކަށް ބެލުމަކާނުލާ ސަރުކާރާ ރައީސުލްޖުމްހޫރިއްޔާއާ ސަރުކާރާ އިބޫ ސަރުކާރަށް އެއްބާރުލުން ދޭން ޖެހޭނެ." އަލްހާން ވިދާޅުވިއެވެ.

އަދި ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައާ ދެކޮޅަށް ވޯޓުދިން މައްސަލައަށް އިޝާރާތްކޮށް ވިދާޅުވީ އޭނާގެ އެ ނިންމުމަކީ ރާާއްޖޭގެ ސިޔާސީ އޮއިވަރު ބަދަލުކޮށްލި ނިންމުމެއް ކަމަށެވެ.

ދެހާސް ނުވަ ވަނަ އަހަރު ޑރ. ޝަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓުނެގުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްފައިވަނީ އިސްރާއިލްއާ ރާއްޖެއިން ގުޅުން ބަދަހިކުރާކަމަށް ބުނެއެވެ.

ޝަހީދުގެ އިތުބާރު ނެތް ކަމަށް ފާސްކުރުމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ން އެ ޕާޓީގެ މެމްބަރުންނަށް ފްރީލައިން ވިޕްއެއްވެސް ނެރުނެވެ. ނަމަވެސް އަލްހާންވަނީ އެ ވިޕާ ދެކޮޅަށް ވޯޓު ދީފައެވެ. އެ މައްސަލައިގައި އަލްހާން އެ ޕާޓީން ވަކިވެސް ކުރިއެވެ.

އަލްހާންގެ ފަރާތުން ސީހައުސްގައި ރޭ ބޭއްވި އޯޕެން މައިކް ޑިނާ ނައިޓްގެ ތެރެއިން--- ފޮޓޯ: އަލްހާން/ ޓުވިޓާ

" އަޅުގަނޑު ޕާޓީން ވަކިކޮށްފައި އަނެއްކާ އެމްޑީޕީއަށް ގޮސްފައި އެމްޑީޕީން އަޅުގަނޑު ބަލައިގެންފައި އެމްޑީޕީގެ މެމްބަރުންނަށްވެސް އަޅުގަނޑު ދެންނެވީމޭ އަޅުގަނޑުގެ ކަންކަން އޮންނާނީ ގައުމީ މަސްލަހަތު އިސްކޮށްގެންނޭ. ޕާޓީގެ މަސްލަހަތު އިސްކޮށްގެނެއް ނޫނޭ. އަޅުގަނޑު މި ޔާގީންކޮށްދެނީ އަޅުގަނޑުގެ ފަހަތުގައި އެބައޮތޭ ޕްރޫވަން ޓްރެކް ރެކޯޑެއް." އަލްހާން ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި ޕާޓީއެއްގެ ފާރާތުން އިންތިހާބުވެ ރާއްޖޭގެ ފުރަތަަމަ ފަހަރަށް ޕާޓީއަކުން ނެރުނު ފްރީ ލައިން ވިޕަކާ ދެކޮޅަށް ވޯޓު ދިނުމަކީ ކުރެވުނު މޮޅު ކަމެއް ކަމަށްވެސް އަލްހާން ވިދާޅުވިއެވެ.

comment ކޮމެންޓް