ފެން ހިއްކަން ނުވަ ޕަންޕު އެލިއާއިން އެމްއެންޑީއެފަށް ހަދިޔާ ކޮށްފި

ފެން ހިއްކާ ޕަމްޕްތަކެއް އެލިއާއިން މިރޭ އެމްއެންޑީއެފަށް ހަދިޔާ ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް

މާލޭގެ ބޮޑު ބައެއްގައި ފެން ބޮޑުވެ އާންމުންނަށް ދަތިތަކެއް ކުރިމަތިވެފައިވަނިކޮށް އެމްއެންޑީއެފުން ކުރަމުންދާ ފެން ހިންދުމުގެ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެލިއާ އިންވެސްޓްމަންޓުން ނުވަ ޕަންޕު ހަދިޔާ ކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ، އެލިޔާ އިން ހަދިޔާ ކޮށްފައިވަނީ ސަބްމާސިބަލް ފަސް ޕަންޕާއި އަދި ޑީސެލް ހަތަރު ޕަންޕު ކަމަށެވެ. އެ ޕަންޕްތަކާ އެމްއެންޑީއެފްގެ ފަރާތުން ހަވާލުވީ ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޑެޕިއުޓީ ކޮމާންޑަރު މޭޖަރ އަލީ ސަލީމެވެ.

ފެން ހިއްކާ ޕަމްޕްތަކެއް އެލިއާއިން މިރޭ އެމްއެންޑީއެފަށް ހަދިޔާ ކުރަނީ --- ފޮޓޯ: އެމްއެންޑީއެފް

މާލޭއަށް މިއަދު ރެކޯޑް އަދަދަކަށް ވާރޭ ވެހިފައިވާއިރު ފަހުގެ ތާރީހެއްގައި ފެން ބޮޑު ނުވާ ވަރަށް ވަނީ ފެން ބޮޑުވެފަ އެވެ. އަދި 160 އާއިލާއަކުން އެހީތެރިކަމަށް އެދިފައިވާއިރު ދެ ގެއަކަށް ފެން ވަނުމުގެ ސަބަބުން ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ވަނީ އެ ދެ ގޭގެ މީހުނަށް ބޯހިޔާ ވަހިކަން ފޯރުކޯށްދީފަ އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރެވެހެފައިވާއިރު ފެން ހިންދުމުގައި ދަތި ތަކެއް ދިމާވެފައިވަނީ ފެންހިންދާ ނިޒާމަށް ގެއްލުންތަކެއް ލިބިފައި ހުރުމުން ކަމަށް އެމްއެންޑީއެފްއާ ހަވާލާ ދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ. އަދި ވިއްސާރަ ނުވެހިއްޖެ ނަމަ މިރޭ ފެންގަނޑު ހިންދާ ލެވޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް