ލޭގެ ޕްރެޝަރު ދަށްކޮށް، ހަށިގަނޑު ހައިޑްރޭޓްކޮށް ބެހެއްޓުމަށް ކިއުކަމްބާ

ކިއުމަކަމްބާ އަކީ 95 ޕަސެންޓް ފެނެވެ. ގިނަ ފައިދާތަކެއް އެކުލެވޭ މި މޭވާ/ތަރުކާރީ އަކީ ކެއުމުގައި ކޮންމެހެންވެސް ހިމަނަންޖެހޭ އެއްޗެކެވެ. ކެއުމުގެ އިތުރުން ޒީނަތްތެރިވުމަށްވެސް ކިއުކަމްބާ އަކީ ހަންގަނޑަށް އެއްވަނައެވެ.

ބަރުދަން ލުއިކުރަން ބޭނުންވާމީހުންވެސް ކެއުމުގައި ކިއުކަމްބާ ހިމެނުން މުހިއްމެވެ. އޭގައި ކެލޮރީ އެކުލެވޭ މިންވަރު މަދުވެފައި ފެނުގެ ބައި އެކުލެވޭ މިންވަރު އިތުރުވީމައެވެ. މީގެ އިތުރުން ހަށިގަނޑުގައި އެކުލެވޭ ވިހަ މާއްދާތައް ނައްތައިލުމަށްވެސް ކިއުކަމްބާއަކީ އެއްވަނައެވެ.

ކިއުކަމްބާގައި އެކުލެވޭ ނިއުޓްރިޝަން ގެ ބައިތަކަށްބަލާއިރު ވިޓަމިން 1. 2. 3. 5. 6ބީ އަދި ވިޓަމިން ސީ، ކެލްސިއަމް، އަޔަން މެގްނީސިއަމް އަދި ޕޮޓޭސިއަމް އާއި ޒިންކް ފަދަ މާއްދާތައް ހިމެނެއެވެ.

ކިއުކަމްބާގައި ކާބޯހައިޑްރޭޓްސް ވެސް އެކުލެވެއެވެ. ނަތީޖާއެއްގެ ގޮތުން މިއީ ހަށިގަނޑުގައި ވަރުޖައްސަން އެނާޖީ ބޫސްޓަރެއްވެސް މެއެވެ. އޭގައި އެކުލެވޭ ޒިންކް، މެގްނީސިއަމް އަދި ފައިބާ އާއި ޕޮޓޭސިއަމް ފަދަ މާއްދާތަކުގެ ސަބަބުން ލޭގެ ޕްރެޝަރުވެސް ދަށްކޮށްދެއެވެ.

ހަންގަނޑު އޮމާންކޮށް ރީތިކޮށް ބަހައްޓަން ވެސް ކިއުކަމްބާ އަކީ އެއްވަނައެވެ. މޫނުގައި އުނގުޅާ ތަފާތު ކްރީމްތަކާއި މޫނު ދޮންނަން ބޭނުންކުރާ ފޭސްވޮޝްތަކުގައިވެސް ކިއުކަމްބާ ބޭނުންކޮށްފައި ހުރެއެވެ. މޫނުގައި ކިއުކަމްބާ އުނގުޅުމަކީވެސް ހަންގަނޑު ރީތިކޮށްދޭނެ ކަމެކެވެ.

comment ކޮމެންޓް